ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އިން މާލީ ކުށްތަކާ ދެކޮޅަށް މުހިންމު ފިޔަވަޅެއް

bml
ބީއެމްއެލް ހެޑް އޮފީސް —
STO_Ads
TTH_Ads
Advertisement

ގައުމީ ބޭންކްގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި، ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އިމިގްރޭޝަނާއެކު ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނަރޝިޕެއް ގާއިމްކޮށް އަމަލުކުރަން ފަށާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން، ކުރާ މުޢާމަލާތްތައް އޮތަރައިޒް ކުރާއިރު ކާޑުގެ ވެރިފަރާތް އެވަގުތު ހުރީ ރާއްޖޭން ބޭރުގައިތޯ ނުވަތަ ރާއްޖޭގައިތޯ ކަށަވަރު ކުރެވޭނެ ކަމަށެވެ.

މިއާއެކު ރާއްޖެއިން ބޭރުގައި ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރެގެން ޕީއޯއެސް އަދި އޭޓީއެމް ފަދަ ޗެނެލްތަކުގައި ކުރަންޖެހޭ މުއާމަލާތްތައް ކުރެވޭނީ، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިނަމަ އެވެ. އެހެންކަމުން އެހެން ފަރާތަކުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން ގޮސް ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭނެ އެވެ. މީގެތެރޭގައި ކާޑުގެ މަޢުލޫމާތުތައް ބޭނުންކޮށްގެން ހަދާ އީކޮމާސް ޓްރާންސެކްޝަންތައް ނުހިމެނެ އެވެ.

HajjCop_ads
Advertisement

މިކަން ކުރަނީ އެއްފަރާތުން އަނެއްފަރާތަށް ކަސްޓަމަރުގެ މަޢުލޫމާތު ދީގެނެއްނޫންކަން ފާހަގަކޮށް ބެންކުން ބުނީ ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަމުގައިވާއިރު މި ޕްރޮސެސްގެ ތެރޭގައި ކާޑުގެ ސައްހަކަމާއި ކާޑުގެ ވެލިޑިޓީ އާއި އެކައުންޓް ނުވަތަ ކްރެޑިޓް ލިމިޓްގައި އެ ޓްރާންސެކްޝަނަށް ފައިސާ ދެއްކޭނެ ބެލެންސް ހުރިތޯ އޮޓޮމެޓޮކުން ސިސްޓަމުން އަންގައި ދޭނެ ކަމަށެވެ.

އިމިގްރޭޝަންއާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ ސަބަބުން މި އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސް ތެރެއިން ރާއްޖެއިން ބޭރުގައި ޓްރާންސެކްޝަން ހަދާއިރު އޭނަ އެހުރީ ރާއްޖެއިން ބޭރުގައިތޯ އޮޓޮމެޓިކުން ބެލޭނެ ކަމަށް ބެންކުން ބުނެ އެވެ.

މި މަސައްކަތަކީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލްއިން އެޅި މުހިންމު ފިޔަވަޅެއްކަން އެ ބެންކުން ފާހަގަ ކުރެ އެވެ. ބޭންކުން ބުނި ގޮތުގައި، މިއީ ކާޑު ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމާއި މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށް އެޅުނު ސީދާ ފިޔަވަޅެކެވެ. ހާއްސަކޮށް، ކާޑުގެ ވެރިފަރާތަށް ނޭގި ނުވަތަ އޮޅުވާލައިގެން ކާޑުގެންގޮސްގެންނާއި ބައެއް ފަހަރު ކާޑު ނަކަލުކޮށްގެން، ރާއްޖޭން ބޭރުގައި ހުއްދަނެތް އެތަކެއް މުއާމަލާތްތައް ހިންގާ މައްސަލަތައް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.

ބޭންކުގެ ކާޑު ބޭނުންކުރުމުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގައި ކާޑުގެ ވެރިފަރާތުން ދޭންޖެހޭ އަދި ކާޑު ބޭނުންކުރުމުގައި ވެރިފިކޭޝަން ހަދަންޖެހޭ މަޢުލޫމާތު ކޮންމެ ގޮތަކުން، ކޮންމެ ފަރާތަކުން ހޯދުމުގެ ހުއްދަ ކާޑުގެ ވެރިފަރާތުން ބޭންކަށް އަބަދުވެސް ދީފައިވެ އެވެ. އަދި މިހާރު ގާއިމު ކުރެވުނު އިންޓަގްރޭޝަން އާއެކު މި މާއްދާ އިތުރަށް ތަފްސީލް ކުރެވިފައިވާކަން ބީއެމްއެލުން ވަނީ ފާހަގަކޮށްފަ އެވެ.

ކާޑުގެ މުޢާމަލާތްތަކުގެ ސައްހަކަން ދެނެގަތުމަކީ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކްތަކުގެ މިންގަނޑުތަކުގެ ދަށުން، ދުނިޔޭގެ ޕޭމަންޓް ނިޒާމުތަކުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

ބޭންކުން މި ގޮތަށް އަމަލުކުރަން ފެށުމާއެކު، ބީއެމްއެލް ވެފައި ވަނީ ބޭންކިންގެ ސަލާމަތީ ކަންކަމުގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ބޭންކަކަށް ކަމަށާ މިއީ އާންމު ބޭންކިން ސިސްޓަމްތަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ ރައްކާތެރިކަމެއް ކަމެއް ކަމުގައިވުމުން މި އިންޓަގްރޭޝަން އަކީ ރާއްޖޭގެ ޕޭމެންޓް ސިސްޓަމުގެ ރައްކާތެރި ކަމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމުގައި ބެންކުން ވަނީ ބުނެފަ އެވެ.

ބޭންކުން ވަނީ ކޮންމެ މުއާމަލާތަކީވެސް ރައްކާތެރި އަދި ކަށަވަރުކުރެވިފައިވާ މުއާމަލާތެއްކަން ޔަގީންކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ދީފަ އެވެ.

Avid_ads
MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 05 03 at 15.42.27

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފި

bml

މިދިޔަ މަހުގެ ނިޔަލަށް ޓީޓީތަކަށް 136 މިލިޔަން ޑޮލަރު

ރާއްޖޭގައި ހުރި މީހެއްގެ ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދައި ދަރިވަރުންނަށް ޚާއްޞަ ކާޑެއް ދެނީ

Igmh

ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީއާ އެކު ސޮއިކޮށްފި