ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޕްރީލް މަހު މިފްކޯއިން މަސްވެރިންނަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

mifco fishing masverin
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިދިޔަ އޭޕްރީލް މަހު މަސްވެރިންނަށް 78.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިއީ ފާއިތުވި މަހު އެ ކުންފުންޏަށް ކިރުވި 4،414 ޓަނުގެ މަހަށް ދީފައިވާ ފައިސާއެވެ.

މިފްކޯގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ޖުމްލަ 1،068 ދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސް ކިރުވާފައެވެ. މީގެ ތެރެއިން ފައިސާގެ އެންމެ ބޮޑު އިންސައްތައެއް ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވި ފަރާތްތަކަށެވެ. އެގޮތުން 4،146 ޓަނުގެ ކަޅުބިލަމަސް ކިރުވި 781 ދޯންޏަކަށް 77 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، 10 ކިލޯއިން މަތީގެ 5.78 ޓަނުގެ ކަންނެއްޔަށް 115,600 ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ 40 ޓަނުގެ ކަންނެއްޔަށް އެއް މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދޫކުރުމަކީ ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. މާޒީގައި ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން މަސްވެރިންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު ސަރުކާރުގެ އަމާޒަކީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމެވެ. މި ހެޔޮ ބަދަލާއެކު މަސްވެރިކަމަށް ނުކުންނަ ދޯނިފަހަރުގެ އަދަދު އިތުރުވެ، ސިނާއަތަށް ދަނީ ދިރުން ލިބެމުންނެވެ.

HajjCop_ads
MMA_Ads
Advertisement

މިފްކޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް ލަސްވުމެއް ނެތި މަސްވެރިންނަށް ފައިސާ ފޯރުކޮށްދިނުމެވެ. އަދި މަސް ގަންނަ މިންވަރު އިތުރުކޮށް، ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ މަހުގެ ނިސްބަތް މަތިކުރުމަށްޓަކައި ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސް ފަދަ ކާރުޚާނާތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ ބޮޑެތި މަޝްރޫއުތައްވެސް އެ ކުންފުނިން އަންނަނީ ހިންގަމުންނެވެ. މި މަސައްކަތްތައް ނިމުމުން، މަސްވެރިންނަށް މިހާރަށްވުރެ ފަސޭހައިން މަސް ކިރުވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mifco

މިހާތަނަށް މަސްވެެރިންނަށް 1.1 ބިލިޔަން ރުފިޔާ ދޫކޮށްފި

Igmh

މޭ މަހު ރާއްޖެއިން ދަޅުމަސް ބޭރުކުރި މިންވަރު އިތުރުވެއްޖެ

mifco fishing masverin

މަސްކިރުވި 19 ދޯންޏަކަށް މިއަދުވެސް ދެ ލައްކަ ރުފިޔާ ދޫކޮށްފި

Sstv FORM FOR EC

ފ. ނިލަންދޫ މަސް ކާރުޚާނާގެ ބިން ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ