އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވައިފިއެވެ.

އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ އިސްތިއުފާގެ ސިޓީ އޭނާ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޒާހިދު އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އިޝްތިހާރު އިޝްތިހާރު

އޭނާ އިސްތިއުފާދެއްވި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއްނުވެއެވެ.

ޒާހިދަކީ ދިގު މުއްދަތެއްގައި ދައުލަތުގެ އެކި މަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި ސްޓޭޓް މިނިސްޓަރު ކަމާއި ހިއުމަންރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަގާމު ފާހަގަކޮށްލެވެއެވެ.