ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ މުހައްމަދު ހުސައިން މަނިކު ރިޓަޔާކުރައްވައިފިއެވެ.

ރިޓަޔާކުރެއްވިއިރު އެނާ ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމުގައެވެ. ސީއެމްޑީއޭގެ އިތުރުން ދައުލަތުގެ މާލީ ދައިރާގެ އެކި މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުތައް އޭނާ ވަނީ ފުރުއްވާފައެވެ.

އޭނާ ވަނީ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމް ވެސް ފުރުއްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

ސީއެމްޑީއޭއިން ކުރެއްވި ޕޯސްޓުގައި ވަނީ އެ އޮތޯރިޓީގެ ސީއީއޯގެ ހައިސީއްޔަތުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ސީއެމްޑީއޭގެ ސީއީއޯ ކަމަށް މުހައްމަދު ހުސައިން މަނިކު އައްޔަން ކުރެވުނީ 2021 ވަނަ އަހަރުއެވެ.

އޭނާ ދައުލަތައް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ، ފިނޭންސް މިނިސްޓްރީގައި އޭރު ގާއިމްކުރެވުނު ވޯލްޑް ބޭންކް އޭޑީބީ އަދި އައިއެމްފްއެފް ޔުނިޓުގައެވެ.