ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަދަދު ނޫހުގެ ފިޔާޒު އާއި ހަސަން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

43
TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމް އަޅުވައި ‘އަދަދު’ ނޫހުން އުފައްދާފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި ‘އަދަދު’ގެ އެޑިޓަރު ހަސަން މުހައްމަދު މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށް ހެކީގެ ގޮތުގައި ބޭނުން ހިފިދާނެ ކަމަށް ބެލެވޭތަކެތި ގެންގޮސްފައެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި ފިޔާޒާއި ހަސަންއަށް ފޮނުވި ޗިޓުގައި ސަބަބެއް ކަމަށް ބުނެފައި އޮތީ، “ރައީސް މުހައްމަދު މުއިއްޒު ގަޒްފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އައިޝާ ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ” ކަމަށެވެ.

HajjCop_ads
Advertisement

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ‘އަދަދު’ ނޫހުން ވަނީ ރައީސް މުއިއްޒުއާ އެ ޑޮކިޔުމެންޓްރީއާ ގުޅުވައި ސުވާލެއްކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއީ “ކަނޑައެޅިގެން ދޮގު ކަމަށެވެ” އަދި “ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން” ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލިކޮއްކޮ
ވީ ލަވް ޔޫ ރައީސް! މި ދޮގު ބަދުނާމު އެޅުވި އެންމެނަށް ހައްގު އަދަބު ދެއްވާތި!

ގުޅުންހުރި

ކޮމިޝަނަރ އޮފް ޕޮލިސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

ބަނގުރާ ވިއްކި އިންޑިއާ ރައްޔިތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

CP

އަމާން މުޖުތަމައެއް ބިނާކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ: ކޮމިޝަނަރ އަޙްމަދު

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި