ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަރުދަނާ އަދި މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރައްވައިފި

459744 de3819af d
STO_Ads
TTH_Ads
Advertisement

ކުދި ގައުމުތަކާއި ސަރަހައްދުތަކުގައި ހަރުދަނާ މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފާހަގަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ހޮޓެލް ޖެންގައި މިއަދު ފެށި “ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ސްމޯލް ބްރާންޗަސް ވާރކްޝޮޕް 2026 – ކެޕޭސިޓީ ބިލްޑިންގ ވާރކްޝޮޕް: ސްޓްރޯންގ އެންޑް ޖުރިސްޑިކްޝަންސް” ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި އެމުއައްސަސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި، ސާފު މަގްސަދަކާއެކު މަސައްކަތްކުރުމާއި، މުއައްސަސާގެ މިނިވަންކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވިއެވެ.

މި ވާރކްޝޮޕަކީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސްމޯލް ބްރާންޗަސްގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ ސީ.ޕީ.އޭ އާއެކު ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް، އަދި ގާނޫނުހަދާ މަޖިލިސްތަކުގެ ނިޒާމާއި މުއައްސަސާތައް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށް އަމަލީ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސީ.ޕީ.އޭ ސްމޯލް ބްރާންޗަސް ނެޓްވޯކް ފަދަ މަންސަތަކުން އަދާކުރާ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
MMA_Ads
Advertisement

މީގެ އިތުރުން، ކޮމަންވެލްތާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާ ޖަވާބުދާރީވުން ހަރުދަނާކުރުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، ރާއްޖޭގެ ޕާލަމެންޓްރީ ނިޒާމު އިތުރަށް ތަރައްގީކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނުދެއްވިއެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި އެޕްރީލް މަހުގެ 27 އިން 29 އަށް ކުރިއަށްދާ މި ވަރކްޝޮޕަކީ ކޮމަންވެލްތު ޕާލަމަންޓަރީ އެސޯސިއޭޝަނާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރިއަށްގެންދާ ވަރކްޝޮޕެކެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވާރކްޝޮޕްގައި ކޮމަންވެލްތުގެ އެކި ޤައުމުތަކުގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގެ ތެރެއިން، ދާއިރާގެ ފަންނީ މާހިރުންގެ ހުށަހެޅުންތަކާއި، ބައިވެރިންގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ސެޝަންތަކުގެ އިތުރުން، އަމަލީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް

naaib raees

އަޟުޙާ ޢީދު ފާހަގަކުރާއިރު އެކުވެރި ބަޔަކަށްވުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

Igmh

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

Q

އިގްތިޞާދަށް ހީނަރުކަން އަޔަސް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ: ނައިބު ރައީސް