ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ލޯކަލް މަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުއެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

އެ ބޭފުޅުން މަގާމްތަކަށް އައްޔަންކުރެއްވީ އެކި ދުވަސްމަތިންނެވެ.

އެ ތިން ބޭފުޅުންނަކީ ވެސް ގައުމަށް ޚިދުމަތްކުރެއްވުމުގައި ނަމޫނާ ދައްކަވާފައިވާ ގާބިލް ބޭފުޅުންނެވެ.