ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިންނަށް ވިސާ މުއްދަތު އިތުރުކުރުމުގައި ފަސޭހަތަކެއް!

STO_Ads
TTH_Ads

ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަ ތަޖުރިބާއެއް ހޯދައިދިނުމަށްޓަކައި، “މޯލްޑިވްސް 2.0” އިނީޝިއޭޓިވްގެ ދަށުން ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އައު އުސޫލުގެ ދަށުން، އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހިމެނިފައިވާ މައުލޫމާތުތައް ވިސާއަށް އެދޭއިރު އަލުން ފުރާކަށް ނުޖެހޭނެކަމަށާއި ޕާސްޕޯޓުގެ މައުލޫމާތާއި، ފަތުރުވެރިޔާ ހުންނަ ތަނުގެ ރެކޯޑުތައް ފަދަ މުހިންމު ތަފްސީލުތައް ސިސްޓަމުން އަމިއްލައަށް ފުރިގެންދާނެތީ، ވިސާ އަށް އެދުމުގެ މަރުހަލާ މިހާރު ކުރިއަށްވުރެ އަވަސްވެފައި ފަސޭހަވާނެކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް “އިމުގާ” ޕޯޓަލް މެދުވެރިކޮށް އެ ޚިދުމަތަށް އެދި ހުށަހެޅޭނެ އެވެ. ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން، އެ ފަރާތެއްގެ މައުލޫމާތުތައް ސިސްޓަމުން ހޯދައިދޭނެ އެވެ. މީގެ އިތުރުން، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ހަމައެކަނި ޚާއްޞަ ހާލަތްތަކުގައި ކަމަށެވެ. އެއީ ޕާސްޕޯޓު އައުކޮށްފައިވާ ނަމަ ނުވަތަ ސިސްޓަމުގައި ހުރި މައުލޫމާތާ މިހާރުގެ މައުލޫމާތު ދިމާނުވާ ހާލަތްތަކުގަ އެވެ. އަދި ރާއްޖޭގައި ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފައިވާ ނަމަ، އެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް އަދާހަމަ ކުރެވޭނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

Maldivian_Ads

އިމިގްރޭޝަނުން ބުނީ ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިފަވާކަމަށެވެ. އެގޮތުން ވިސާ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް 48 ގަޑިއިރުގެ ތެރޭގައި ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އިމިގްރޭޝަނުން ބުނީ، ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ގެނައި ބަދަލަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދައުލަތުގެ ޚިދުމަތްތައް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި

އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަން މަޝްވަރާކޮށްފި

438973 3 79addf0e8736eff3e3c0ae5bbb02a84bc8ee52ff

ޖަރުމަނުގެ ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހުނީ ދޯނީގެ ފަހަތުން މޫދަށް ފުންމާލުމުން!

438973 3 79addf0e8736eff3e3c0ae5bbb02a84bc8ee52ff

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ