ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑް” ގެ އިނާމަށް އެދި ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފި

health ministry
TTH_Ads
STO_Ads
Advertisement

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދޭ ޚާއްސަ އެވޯޑް ” ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑް” ގެ އިނާމަށް އެދި ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކުރި އިއުލާނުގައި ބުނެފައިވަނީ، މި އިނާމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި، އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ދެވޭ އެވޯޑްއެއް ކަމަށެވެ.

މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. އަދި ވަކިން ހާއްސަކޮށް އެ އަހަރެއްގެ ” ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް” ގެ ޝިއާރާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާ އަދި ކުރައްވަމުން ގެންދަވާ ފަރާތްތަކަށެވެ. އެގޮތުން އަމިއްލަ ފަރުދުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން އިދާރާތަކަށް ހުޅުވިފައިވާކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެެވެ.

MMA_Ads
HajjCop_ads
Advertisement

މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރަކީ ” އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން” މި އެވެ.

މި އިނާމަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޗްޕިއޭ އިން އާއްމުކޮށްފައިވާ ފޯމު، މެއި މަހުގެ ދެވަނަ ދުވަހުގެ ކުރިން މެއިލް ކުރުމަށް އެ އެޖެންސީ އިން އެދިފައިވެ އެވެ. އެޗްޕީއޭއިން އާއްމުކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، އެވޯޑަށް ހުށަހެޅުމުގެ ޝަރުތުތައްވެސް އިއުލާން ކުރެވިފައިވާކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ދުންފަތުގެ އިސްއިމާލު ނުކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ފާހަގަކުރަނީ މެއި މަހުގެ 31 ވަނަ ދުވަހެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ތަންފީޒުކުރަންފެށި އެންމެ މުހިއްމު ކަމަކީ ޖެނެރޭޝަނަލް ބޭން އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިޞްލާހު ގެނެސް 2025 ނޮވެމްބަރު އެކަކުން ފެށިގެން ރާއްޖޭގައި ވަނީ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށާފަ އެވެ.

ޖެނެރޭޝަނަލް ބޭންއާއެކު 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އުފަންވާ އެންމެންނަށް ދުންފަތް މަނާވާނެ އެވެ.

އަދި މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް މަނާކޮށްފަ އެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ސަމާލް: ޑެންގީ ހުމާއި އަރިދަފުސް ރޯގާ ފެތުރެމުން އަންނަ މިންވަރު އިތުރުވަނީ

hulhumale hospital

ޙައްޖު ފްލޫ ކްލިނިކްގެ ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި

health ministry

ހުމާއި ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފި

Igmh

އަހަރުގެ މިހާތަނަށް ހިމަބިހީގެ 11 ކޭސް ރިޕޯޓުކޮށްފި