ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމައިގެ އަސަރު ބަލާ ކޮމިޓީ އަލުން އެކުލަވާލައި ޗެއާއަކަށް ޒަމީރު

zameer
STO_Ads

މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީ އަލުން އެކުލަވާލައި، އެ ކޮމިޓީގެ ޗެއާއަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ އައްޔަން ކުރައްވައިފި އެވެ.

އެ ކޮމިޓީ އަށް ބަދަލު ގެންނަވަން ޖެހިވަޑައިގަތީ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށް، ކެބިނެޓަށް މި ހަފުތާގައި ގެނައި ބަދަލުތަކާ ގުޅިގެންނެވެ.

ކޮމިޓީ އަށް ބަދަލު ގެނައީ އިއްޔެ ބޭއްވެވި ކެބިނެޓު ބައްދަލުވުމުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

Maldivian_Ads

ކޮމިޓީގައި މިހާރު ތިއްބަވާނީ މިނިސްޓަރު ޒަމީރުގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުަހއްމަދު އަމީނެވެ.

ވަޒީރުންގެ ކޮމިޓީގެ ކުރީގެ ޗެއާއަކީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އެކަމަކު، މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ހަލީލް ހިމެނެ އެވެ.

މިދިޔަ ފެބްރުއަރީ 28 ގައި ރައީސް އުފެއްދެވި ވަޒީރުންގެ ކޮމިޓީން ގެންދަނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ހަނގުރާމައާ ގުޅިގެން ރާއްޖެ އިން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ހަނގުރާމަ ހުއްޓުމަކަށް އައިނަމަވެސް، ކޮމިޓީގެ މަސައްކަތްތައް ހުއްޓާނުލަން: ވަޒީރުންގެ ކޮމިޓީ

Moosa Zameer

އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ: ޒަމީރު

DSC

އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމަ ހުއްޓާލަން ދިވެހި ސަރުކާރުން ގޮވާލައިފި

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި