ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގައި ފެންބޮޑުވެ ފެން ހިންދަން ފަށައިފި

TTH_Ads
STO_Ads
Advertisement

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން މިއަދު ފަށައިފިއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން އަންނަނީ މަގުތަކުން ފެން ހިންދުމަށް ހަރަކާތްތެރިވަމުންނެވެ. މާލެއަށް ބޯކޮށް ވާރޭވެހިފައިވާއިރު، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި، މި ދުވަސްވަރު އެންމެ ބޮޑަށް ވިއްސާރަކުރާނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރުކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Moosun

މި ހަފުތާގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކުރާނެ: މެޓް އޮފީސް

Moosun

މިއަދުވެސް އެކި ހިސާބުތަަކަށް ކެރީގެ އަސަރު ކުރާނެ: މެޓު އޮފީސް

moosun

ކަނޑުމަތީގެ ހާދިސާތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

moosun

މާދަމާވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވާނެކަމަށް މެޓުން ލަފާކޮށްފި