ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާގެ ޕާސްޕޯޓު ހިފަހައްޓަން ހައިކޯޓުގެ އަމުރެއް

Big gShcic3XYFXvM2ewLHzcox86o
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސީލައިފް ވެރިޔާ އަޙްމަދު މޫސާ ރާއްޖެއިން ފުރައިގެން ނުދެވޭނެހެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައިކޯޓުން އަމުރެއް ނެރެފިއެވެ. އެކޯޓުން އެ ޢަމުރު ނެރެފައިވަނީ އަހުމަދު މޫސާގެ މައްޗަށް ކުރާ ޚިޔާނާތުގެ ކުށް ސާބިތުނުވާކަމަށް، ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފް ކުރަން ހައިކޯޓަށް ހުށަހެޅުމުންނެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާ ސާބިތުނުވާކަމަށް މިމަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، މިދިޔަ ހޮނިހިރު ދުވަހު ހައިކޯޓަށް ހުށަހެޅިކަމަށެވެ. ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށްކަމަށް އެ އޮފީހުން ބުންޏެވެ.

މި މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވާކަމަށް ޕޮރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުންޏެވެ.

HajjCop_ads
Advertisement

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ މައްޗަށް ދައުވާކުރަނީ އޭނާ ކުންފުނިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، އެ މަސައްކަތް ފުރިހަމަ ނުކޮށް މަކަރާއި ހީލަތުން އެކި މީހުންގެ އަތުން، ފައިސާ ނަގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކޮށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

އެތައްބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ސީލައިފްގެ ފްލެޓް ނުލިބޭ: އަންމަޓީއަށް ކުރި އެއްވެސް ދައުވާއެއް ސާބިތެއް ނުވި

Big p0ejpdozizhiivfmfqcs3epx0

ސީލައިފް އަތުން 49 މިލިއަން ހޯދަން ކުރި ދައުވާ އަލުން ހުށަހެޅޭ ގޮތަށް ދައުވާ އަނބުރާ ގެންގޮސްފި

Big p0ejpdozizhiivfmfqcs3epx0

ސީލައިފްއާއެކު ހެދި އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި