ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ

Igmh
TTH_Ads
Maldivian_Ads
STO_Ads
Advertisement

ކ. މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދަނީ ބަނދަރުގެ ރައްކާތެރިކަމާ ގުޅޭ މުހިންމު އުމްރާނީ މަސައްކަތްތަކެއް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ބޭރު ތޮށިލުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ބަނދަރުގެ ވަރުގަދަކަން އިތުރުކުރުމަށްޓަކައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 22 މެއި 2023 ގައި ފެށި މި މަޝްރޫއުގެ ޖުމްލަ 50 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.

މާފުށީގެ ފަތުރުވެރިކަމާއި އާންމު ދަތުރުފަތުރަށް އަންނަ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ޖާގަ ތަނަވަސްކުރުމަށް ހިންގާ މި މަޝްރޫއުގައި ބަނދަރުގެ ފަޅު ފުންކުރުމާއި، ނެރު ފުންކުރުމުގެ ބޮޑު މަސައްކަތެއް ހިމެނެއެވެ.

HajjCop_ads
Advertisement

ބޮޑުހިލައާއި ޖިއޯ-ބޭގް ބޭނުންކޮށްގެން ބޭރު ތޮށިލުމާއި ރިވެޓްމަންޓް ޖެހުމާއި އެތައް ސަތޭކަ މީޓަރެއްގެ އެއްގަމު ތޮށިލައި، އުޅަނދުފަހަރު ކައިރިކުރާނެ ޖާގަ އިތުރުކުރުމުގެ އިތުރުން ބަނދަރުގެ ޚިދުމަތް ފުރިހަމަކުރުމަށްޓަކައި ބައެއް ކަންކަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެތެރޭގައި މޫރިންގ ރިންގާއި ބޮއި ހަރުކުރުމާއި ޖެޓީ، ބްރިޖް އަދި އެކްސެސް ޕްލެޓްފޯމް ތަރައްގީކުރުމާއި ބަނދަރު ސަރަހައްދުގައި މަގުބައްތި ޖެހުމާއި، ގާ އެތުރުން ހިމެނެއެވެ.

ޖުމްލަ 82 މިލިއަން ރުފިޔާ ހޭދަވާ މި މަޝްރޫއަކީ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއު ނިމުމުން، މާފުށީގެ އިގްތިސާދީ ހަރަކާތްތަކަށް ބޮޑު ދިރުމެއް ލިބި، ކަނޑުމަގުން ކުރާ ދަތުރުފަތުރަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 15 at 21.47.12

އިންނަމާދޫ ސްކޫލް މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 09 15 at 16.12.55

މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

WhatsApp Image 2026 09 14 at 14.11.44

ގުރައިދޫ އެއާޕޯޓުގެ ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތުގެ 82 އިންސައްތަ ނިމިއްޖެ

WhatsApp Image 2026 09 14 at 15.41.49

ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި