ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

767
STO_Ads
Maldivian_Ads
TTH_Ads
Advertisement

ކ. މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ ޢަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ މާފުށީގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި 2021 ވަނަ އަހަރު ހިއްކި 25 ހެކްޓަރުގެ ބިން، މައި ރަށާ ގުޅާލުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން، ހިއްކި ސަރަޙައްދު ގުޅާލުމަށް 138 މީޓަރުގެ ބްރިޖެއް ތަރައްޤީކުރާނެ ކަމަށެވެ. މި ބްރިޖަކީ ދަށުން އޮއި ދެމޭގޮތަށް ފަރުމާކޮށްފައިވާ ބްރިޖެކެވެ.

HajjCop_ads
Advertisement

މިހާރު ސައިޓުގައި ޢަމަލީ މަސައްކަތް ފަށާފައިވާއިރު، މަސައްކަތަށް ބޭނުންވާ ޕްރީ-ކާސްޓް ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.ބްރިޖުގެ މަސައްކަތުގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 80 މީޓަރުގެ ސަރަޙައްދެއްގައި ގޮޑުދޮށް ޙިމާޔަތްކުރުމަށް ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ހިއްކި ސަރަޙައްދުގެ ގޮނޑުދޮށް ގިރުމުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތެކެވެ.މާފުށީގެ ހިއްކި ބިމަކީ ބޯހިޔާވަހިކަމާއި އިޤްތިޞާދީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ ސަރަޙައްދެކެވެ. އެގޮތުން، އެރަށު ކައުންސިލުން ވަނީ މި ސަރަޙައްދުން 2000 އަކަފޫޓުގެ 300 އަށްވުރެ ގިނަ ގޯތި މިހާތަނަށް ދޫކޮށްފައެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ މާފުށީގެ އާބާދީ މިހާރު 4000 އަށްވުރެ މައްޗަށް އަރައެވެ.މީގެ އިތުރުން، ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ.

185 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މާފުށީގެ މިހާރުގެ އާބާދީއާއި އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 07 at 17.51.12

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ %51 މަސައްކަތް ނިމިއްޖެ

HRm9exUbYAACcj

އަމީނީ މަގުގެ ސެގްމެންޓު 1ގައި މި ހަފްތާގައި ތާރުއަޅަން ފަށަނީ

0ecc28b5 872e 4aea 9f3d e280a2e2d99a

ރ. ކިނޮޅަހުގެ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

WhatsApp Image 2026 09 07 at 09.38.52

ކޮޅުފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނުހުއްޓި ކުރިއަށް