ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރަން ޕީސީބީ އިން ކުންފުނިތަކަށް އަންގައިފި

PCB
TTH_Ads
STO_Ads
Advertisement

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދުކުޑަކުރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަޓައިޒޭޝަން ބޯޑުން އަންގައިފި އެވެ.

މިހާރު ފެށުނު ހަނގުރާމައިގެ ސަބަބުން ގިނަ ފިޔަވަޅުތަކެއް އަޅަން ޕީސީބީން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ވެސް ކުންފުނިތަކަށް އަންގާފަ އެވެ.

ބައެއް ފިޔަވަޅުތައް އިތުރުކޮށް މިއަދު އަލުން ޕީސީބީން ވަނީ އެ ސާކިއުލާ ކުންފުނިތަކަށް ފޮނުވާފަ އެވެ.

HajjCop_ads
Advertisement

އެގޮތުން ކުންފުނިތަކުގެ މުވައްޒިފުންގެ މުސާރައާ އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި ރަސްމީގަޑީގައި މަސައްކަތްތައް ނިމޭނެގޮތަށް ކުންފުނިތަކުތެ މަސައްކަތްތައް ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުވުމާއި މުވައްޒިފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް ހުއްޓާލުމާއި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައިވީނަމަވެސް ކުންފުނީގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒިފަކު ނޫނީ ނުނެގުން ހިމެނެ އެވެ.

އަދި އިގްތިސާދީ ހިރާސްތަކަށް ރިޔާއަތްކޮށް ކުންފުނީގެ ކޭޝްފްލޯ ދަތިނުވެ ދެމެހެއްޓެނިވި ގޮތަކަށް ކޭޝްފްލޯ މެނޭޖުކުރުމަށް މުވައްޒިފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުުރުމަށް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވަާ އެހެނިގެން ހަރަދުތައް ނުކުރާކަން ޔަގީންކުރުމަށް ފިޔަވަޅު އެޅުމާއި މެދުއިރުމަތީގެ ހަަމަނުޖެހުންތަކާއި ގުޅިގެން އިގްތިސާދަށް ކުރާނެ އަސަރު ދިރާސާކޮށް ފިޔަވަޅުތައް އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެއް ނޫނީ ނުބޭއްވުމާއި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި ހަފްލާތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ކުންފުނީގެ ހަރަދުތައް މެނޭޖުކުުރމަށް މުހިންމު އެހެނިހެން ފިޔަވަޅުތައް ބޯޑުން އެޅުމާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުމާއި ބޭރަށްކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ކަސްޓަަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުމާއި ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހޭދަ ވީހާވެސް ކުޑަކުރުމަށް ވަނީ އަންގާފަ އެވެ.

އަދި ރާއްޖެއިން ބޭރަށްކުރާ ޓްރެއިނިން ދަތުރުތައް މިވަގުތަށް ހުއްޓާލައި މިފަދަ ޕްރަގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުމާއި ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުމާއި ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުމާއި ކަރަންޓްގެ ހަރަދު ކުޑަކުރުން ވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި

Qw

ފުޓް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ޖޫރިމަނާ ކުރެވޭ އުސޫލެއް ނެރެފި

މާލޭގެ އެކި ހިސާބުތަކަށް މިއަދު އުދައަރައި، ފެންބޮޑުވެ ގެއްލުންތަކެއް ވެއްޖެ

CP

އަމާން މުޖުތަމައެއް ބިނާކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ: ކޮމިޝަނަރ އަޙްމަދު