ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ލިބޭ ދާއިރާތައް އަންނަ މަހުން ފެށިގެން ފުޅާވާނެ: ރައީސް

458379 5a48a80a 6
TTH_Ads
STO_Ads
Advertisement

މިހާރު އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރައްވައި، 1 އެޕްރީލް އިން ފެށިގެން އިތުރު ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

1 އެޕްރީލު 2026 އިން ފެށިގެން އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ކަނޑައަޅުއްވާފައިވާ އުސޫލުގެ ތެރޭގައި އިތުރަށް ހިމަނުއްވާފައިވާ ހާލަތްތަކުގެ ތެރޭގައި،

އެނދުމަތިކުރެވިފައިވާ ( ބެޑްރިޑެން ) ފަރާތްތައް، އައުޓް ޕޭޝަންޓްގެ ޚިދުމަތަށް ގެނެވޭ ހާލަތްތަކާއި، ވީލްޗެއަރގައި ގެންގުޅެންޖެހޭ ފަރާތްތައް ( ވީލްޗެއަރ ބައުންޑް ) އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނެވޭ ހާލަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ( ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް އަދި ޑައުންސިންޑްރަމް ހުންނަ ފަރާތްތައްވެސް ހިމެނޭހެން ) އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނެވޭ ހާލަތްތަކާއި، ސިއްޙީ މަރުކަޒުގައި އެނދުމަތިކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަކަށް ނުވަތަ ތަޚްލީލަކަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ ހާލަތްތަކާއި، އިވެކުއޭޓް ކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފަރ ކުރެވޭ ހާލަތްތަކުގައި ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމުގެ އިތުރުން ތެލެސީމިއާ ބަލި ތަހައްމަލް ކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނެވޭ ހާލަތްތައް ހިމެނެއެވެ.

ހަމަމިއާ އެކު މިހާރުވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެމުންދާ އިމަރޖެންސީ ނުވަތަ ކުއްލި ހާލަތުގައި މީހުން ގެނައުމަށާއި، މައްޔިތުން އެމްބިއުލާންސްގައި އުފުލުމަށް އާސަންދައިގެ ޚިދުމަތް ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވާ މިކަމަށް ލުއިތަކެއް ބޭނުންވެފައިވާ ޚިދުމަތެއް ކަމަށްވާތީ، މިއީ ކަމާއިގުޅުންހުރި ދާއިރާތަކާއިއެކު މަޝްވަރާކުރައްވައި، ފަންނީ ގޮތުންނާއި މާލީ ގޮތުން މިކަން ކުރިއަށްގެންދެވޭނެގޮތެއް ބައްލަވައި ހިސާބުތައް ބެއްލެވުމަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

asanda zeeniya

އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވުމުން މިހާރަށްވުރެ އަވަސްވާނެ: ޒީނިޔާ

Aasandha

ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސަނީ

Asanda

މިއަދުންފެށިގެން “މެޑިކަލް ވެލްފެއަރ ސްކީމް”ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދައަށް

459848 b46d8348 2

ބޮޑު އީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަން ރައީސް އިލްތިމާސްކުރައްވައިފި