ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތާއި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތް ފަށައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ގއ. މާމެންދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މާމެންދޫ ގޮފީގެ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ އަލްއުސްތާޛް މުޙްތާޒް މުޙްސިންއެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން މާމެންދޫ ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.

މާމެންދޫގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިމޭއިރު، ސޯލާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތް އޭސީ ކުރެވިގެންދާނެއެވެ. އަދި މިސްކިތުގައި އިތުރު ވަސީލްތަކުގެ ގޮތުގައި ކުލާސްރޫމާއި ލައިބްރަރީ ހިމެނިގެންދާނެއެވެ. މި ކުލާސްރޫމްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކުލާސްތައް ކުރިއަށް ގެންދިއުމަށެވެ.

HajjCop_ads
Advertisement

އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި ގުރުޢާނަށް ލޯބިޖައްސައި، ޤުރުޢާން އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއާއި ޤުރުއާނާބެހޭ މަރުކަޒު ގުޅިގެން ޤުރުއާން ކިޔަވައިދޭ މަރުކަޒުތައް މުޅި ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވައި ރަށުގައި ތިބެގެން މާލެއެކޭ އެއްގޮތަށް ކިޔެވުމުގެ ފުރުސަތުތައް އަންނަނީ ތަނަވަސްކޮށްދެމުންނެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި އިސްލާމީ ޝިޢާރުތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ދީނުގެ ކަންކަން ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ChatGPT Image Sep 23, 2026, 01 56 21 PM

މާމެންދޫ ފިޓްނެސް ސެންޓަރުގެ %80 މަސައްކަތް ނިމިއްޖެ

988

60،000 އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާމެންދޫއިން މީހަކު ހައްޔަރުކޮށްފި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފަށަނީ