ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަމަޟާން މަހުގެ އެހީއެއް ދޭކަމަށް ބުނެ ގާސިމްގެ ނަމުގައި ހިންގާ ސްކޭމަކަށް ސަމާލުވުމަށް އެދިއްޖެ

qasim ibrahim
STO_Ads

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި ފައިސާ ދޭކަމަށް ބުނެ މީސްމީޑިއާގައި ހިންގަމުންދާ ސްކޭމަކަށް ސަމާލުވުމަށް އެމަނިކުފާނު އިލްތިމާސްކުރައްވައިފިއެވެ.

ވަޓްސްއެޕް ގްރޫޕްތަކާއި މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާ މި ސްކޭމްގައި ބުނެފައިވަނީ، ރަމަޟާން މަހާ ދިމާކޮށް ނިކަމެތި އާއިލާތަކަށް 50،000 ރުފިޔާގެ ކޭޝް ސަޕޯޓެއް ގާސިމްގެ ފަރާތުން ދެއްވާ ކަމަށެވެ. މީހުންނަށް އޮޅުވާލުމުގެ ގޮތުން މި މެސެޖުތަކާއެކު އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއަކާއި، މައުލޫމާތު ފުރަންޖެހޭ ލިންކެއްވެސް ދަނީ ފަތުރަމުންނެވެ.

މިކަމާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވަނީ މިއީ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް އޮޅުވާލުމެއްކަން ހާމަކުރައްވާފައެވެ. އަދި މިފަދަ މަކަރުވެރިންގެ އަމަލުތަކުގެ ސަބަބުން އެތައް ބައެއްގެ އަގުހުރި ވަގުތު ބޭކާރުވެ، އެތައް ބަޔަކަށް ނިކަމެތިކަމާއި ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައި، މިފަދަ ނޭއްގާނީ އަމަލުތަކުން ރައްކާތެރިވެ ތިބުމަށް އާންމު ރައްޔިތުންނަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

Maldivian_Ads

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzu qasim

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތު ދެމެހެއްޓޭނެ: ޤާސިމް

Iu

މޫސާ އަލީ ޖަލީލަށް ވޯޓުދެއްވުމަށް ގާސިމް އެދިވަޑައިގެންފި

qasim ibrahim

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށް: ގާސިމް

Gasim ibrahim

ގައުމުގެ މަސްލަހަތަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ: ގާސިމް