ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދު ކޮށްފި

health ministry
STO_Ads
TTH_Ads
Advertisement

އާންމު ސާފުތާހިރުކަމާ ޚިލާފަށް ބައެއް ކާބޯތަކެތި އުފައްދާ މާކެޓްކުރަމުން ދިޔަ ތަނުގެ މަސައްކަތް ހުއްޓާލުމަށް އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން ތެލުލި ފަތް، ކޮށި މަސް، ކުޅި ކާޖާ، ރިހާކުރު އަދި މިނޫނަސް މިފަދަ ބާވަތްތަކުގެ ބަންދުކުރި ކާބޯތަކެތި އުފައްދާ މާކެޓް ކުރުމަުން އަންނަ ” ބިލެތްމާ ޓޭސްޓީ” ނަމަކަށް ކިޔާ ތަނެއް ބަލާ ފާސްކުރި އިރު އެތަނަކީ އާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެ ތަނުގައި ކުރަމުންއައި މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގާފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.

އެ އޮތޯރިޓީން ވިދާޅުވީ އެފަދަ ތަންތަން ކާބޯތަކެތީގެ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެ އޮތޯރިޓިގައި ރަޖިސްޓްރީކުރަން ލާޒިމްވި ކަމުގައި ވީނަމަވެސް އެތަނަކީ ރަޖިސްޓަރކޮށްފައިވާ ތަނެއް ނޫންކަމަށެވެ. އެ އޮތޯރިޓީން ވަނީ ރައްކާތެރުކަމުގުގެ ފިޔަވަޅެއްގެ ގޮތުން އެފަރާތުން މާކެޓް ކުރާ ކާބޯތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގާފައެވެ.

HajjCop_ads
Advertisement

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައި ބުނެފައިވަނީ، ކާބޯތަކެތި ވިއްކާ ތަންތަން ރަޖިސްޓަރކޮށް ޚާއްސަ ލައިންސަންސެއް ނަގަންޖެހޭކަމަށެވެ. އަދި ކާބޯތަކެތި އެތެރެކުރުމާއި ލޭބަލްކުރުމާއި އުފެއްދުމާ ވިއްކުމުގެ ޤަވައިދުތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.

ގަޑުބަޑުކޮށްފައި ހުންނަ ކާބޯތަކެއްޗާއި އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައި ހުންނަ ކާބޯތަކެތި، ރާއްޖެ ގެނައުން މަނާކޮށްފަވާ ކާބޯތަކެތި އަދި ސިއްޙަތަށް ގެއްލުންދޭ ކާބޯތަކެތީގެ މައްސަލަތަކުގައި 10،000އާއި 750،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރެވޭގޮތަށް ޤާނޫނުގައި ވަނީ ހިމަނާފައެވެ.

މިފަދަ އަމަލެއްގެ ސަބަބުން މީހެއްގެ ސިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބުމަށް މެދުވެރިވެއްޖެނަމަ ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެނަމަ އެ ފަރާތެއް 1،000،000 (1 މިލިޔަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

އާންމު ފިހާރަތަކުގައި އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކުން މަނާކޮށްފި

Qw

ހުއްދަ ނެތި ބޭސް އެތެރެކުރާ ފަރާތްތައް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އާ ގަވާއިދެއް

Qw

ފުޓް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ޖޫރިމަނާ ކުރެވޭ އުސޫލެއް ނެރެފި

health ministry

ސާބިތުނުވާ ބަރުދަން ލުއިކުރާ އުފެއްދުންތައް އިޝްތިހާރުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ދީފި