ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

5.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އިންޑިޔާ ދެމީހުން ވީއައިއޭއިން ހައްޔަރުކޮށްފި

TTH_Ads
STO_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) 6.7 ކިލޯގެ ހަޝީޝް އޮއިލްއާއެކު އިންޑިއާ ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރާއި 19 އަހަރުގެ ދެ ފިރިހެނުންނެވެ.

ކަސްޓަމްސާއި ފުލުހުން ގުޅިގެން މިމަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މި ތަކެތި އަތުލައިގަނެފައިވަނީ، އެ މީހުންގެ ދަބަސްތައް އާންމު އުސޫލުން ސްކްރީން ކުރުމުގެ ތެރޭގައެވެ. ފޮށިތަކުގެ ތެރޭގައި ފޮރުވާފައި ހުރި މި ތަކެތި ލެބޯޓްރީގައި ތަހުލީލު ކުރުމުން، އެއީ ހަޝީޝް އޮއިލްކަން ވަނީ ކަށަވަރުވެފައެވެ.

HajjCop_ads
Advertisement

އަތުލައިގަތް މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެއެވެ. މިއީ މިއަހަރުގެ ތެރޭގައި އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ އެންމެ ބޮޑު އެއް ޝިޕްމަންޓެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އެ މީހުން 6 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓުގައި ބޭއްވި ބަންދުގެ މަޖިލީހުގައި މި ދެ މީހުންވެސް ވަނީ އެ މީހުންގެ ދިފާއުގައި ގާނޫނީ ވަކީލަކު އައްޔަން ކުރަން ބޭނުންވާކަމަށް ބުނެފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވަމުންދާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފާރަވެރިވުމާއި ސްކްރީން ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ. މި ހަފުތާގެ ތެރޭގައިވެސް އެއާޕޯޓުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގަނެފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20250516

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ ސަރަހައްދުގައި 1355 އެކްސިޑެންޓު

moosun

ކަނޑުމަތީގެ ހާދިސާތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

2 Suspects 33e59f8939

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

1 Suspect 3e8c6b718a

ބިދޭސީއެއްގެ އަތުން 10،000ރ ފޭރުނު މީހަކު ހައްޔަރުކޮށް ބަންދަށް