ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

STO_Ads
TTH_Ads
Advertisement

ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ “އައިޓީބީ ބާލިން 2027” ގެ ރަސްމީ ހޯސްޓް ކަންޓްރީގެ ގޮތުގައި ރާއްޖެ ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ޖަރުމަނުވިލާތުގައި ކުރިއަށްދާ އައިޓީބީ ބާލިން 2026 ގައި ގާއިމްކޮށްފައިވާ ރާއްޖޭގެ އެގްޒިބިޝަން ސްޓޭންޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވިޒިޓް މޯލްޑިވްސް ކޮޕަރޭޝަން (ވީއެމްސީ)ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީއެވެ. މެސޭ ބާލިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. މާރިއޯ ޓޯބިއަސްއެވެ.

MMA_Ads
HajjCop_ads
Advertisement

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޯބިއަސް ވިދާޅުވީ، ރާއްޖޭގެ ހިތްގައިމު ރީތިކަމާއި ކުރިއަރަމުން އަންނަ ފަތުރުވެރިކަން ބައިނަލްއަގުވާމީ މައިދާނުގައި އިޝްތިހާރު ކުރުމަށް އައިޓީބީ ބާލިންއަކީ އެންމެ އެކަށީގެންވާ ޕްލެޓްފޯމް ކަމަށެވެ.

އަދި އެ މައުރަޒަކީ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި މާހިރުން އެއްތަނަކުން ބައްދަލުވާ ތަނަކަށް ވުމުން، މިއީ ރާއްޖެއަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވީއެމްސީން ބުނީ 2027 ވަނަ އަހަރުގެ ހޯސްޓް ކަންޓްރީގެ ހައިސިއްޔަތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއެއް ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ލަގްޒަރީ ރިސޯޓުތަކާއި، ބުޓީކް ހޮޓާތަކާއި، ޑައިވިން، މޫދު ކުޅިވަރު، ވެލްނަސް އަދި ސަގާފީ ފަތުރުވެރިކަން ހިމެނޭކަމަށް ވީއެމްސީން ބުންޏެވެ.

އަދި ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ބޮޑު އިސްކަމެއް ދީގެން އިޝްތިހާރު ކުރާނެކަމަށް ވީއެމްސީން ބުންޏެވެ.

ޝިއުރީ ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްތަކުން ލިބޭ ތަފާތު ތަޖުރިބާތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ޖަރުމަނުވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ވެސް ދެ ގައުމުގެ ގުޅުން ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ މުހިންމުކަން ހާމަވެގެންދިޔަ ދަތުރުފުޅެއްކަމަށް ޝިއުރީ ވިދާޅުވިއެވެ.

ހޯސްޓް ކަންޓްރީގެ ހައިސިއްޔަތުން، 15 މާރިޗު 2027 ގައި ބާއްވާ ރަސްމީ އިފްތިތާހީ ގާލާ އިވެންޓް ބާއްވާނީ ރާއްޖެއިންނެވެ. އަދި 16 އިން 18 މާރިޗަށް ކުރިއަށްދާ މައުރަޒުގެ ތެރޭގައި ތަފާތު ހަރަކާތްތަކާއި، ސަގާފީ ހުށަހެޅުންތަކާއި، ނެޓްވޯކިން އިވެންޓުތައް ރާއްޖެއިން ކުރިއަށް ގެންދާނެއެވެ

.މިއީ 2016 ވަނަ އަހަރަށްފަހު، މި ޝަރަފުވެރި މަގާމު ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist arrival

މި މަހުގެ ނިޔަލަށް ރާއްޖެއަށް 999،344 ފަތުރުވެރިން ޒިޔާރަތްކުރި

ފަތުރުވެރިކަމަށް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލްއެއް ތަޢާރަފްކުރަނީ

tourist

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 2.6 އިންސައްތަ އިތުރުވެއްޖެ

Big ZzTNEqk4YjOQ2LjqLzvy7bIYQ

މަރުޙޫމް މަހުދީގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވައިފި