ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މުޅިން އަލަށް 363 ބޭހެއް ރަޖިސްޓަރކޮށްފި

health ministry
TTH_Ads
STO_Ads
Advertisement

ރާއްޖެއަށް ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ފާއިތުވި އަހަރު މުޅިން އަލަށް 363 ބޭހެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރަޖިސްޓްރީކޮށްފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެފްޑީއޭއިން ބުނީ، 2025 ވަނަ އަހަރު ބޭސް ލިބޭ މިންވަރުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ނިމުނު އަހަރު ޖުމްލަ 594 ބޭހެއް ރަޖިސްޓްރީކުރުމަށް ހުށަހެޅުނުއިރު، އޭގެ ތެރެއިން 363 ބޭހެއް ރާއްޖޭގައި ހުއްދަކުރާ ބޭހުގެ ލިސްޓުގައި މިހާރު ވަނީ ހިމަނާފައެވެ.

ބޭސްފިހާރަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްއެފްޑީއޭގެ ހުއްދައާއެކު 445 ބޭސްފިހާރަ ހިންގަމުންދާކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ ތެރެއިން 270 ބޭސްފިހާރައަކީ އަތޮޅުތެރޭގައި ހިންގާ ފާމަސީތަކަށް ވާއިރު، މާލޭގައި ހިންގަނީ 175 ފާމަސީއެވެ. ފާއިތުވި އަހަރު އެކި މައްސަލަތަކާ ގުޅިގެން 33 ބޭސްފިހާރައެއްގެ ހުއްދަ ބާތިލުކުރި ނަމަވެސް، އަލަށް 20 ބޭސްފިހާރައަކަށް ވަނީ ހުއްދަ ދީފައެވެ.

HajjCop_ads
MMA_Ads
Advertisement

މީގެ އިތުރުން، ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ދާއިރާ ފުޅާކުރުމުގެ ގޮތުން 2025 ވަނަ އަހަރު އަލަށް 15 ފަރާތަކަށް ހުއްދަ ދޫކޮށްފައިވެއެވެ. މިއާއެކު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އޮތް ފަރާތްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 63 އަށް އަރާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމު ވިދާޅުވީ، ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކީ ބޭހުގެ ފެންވަރު ކަށަވަރުކުރުމާއެކު، ވީހާވެސް އަގުހެޔޮކޮށް ރައްޔިތުންނަށް ބޭސް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. “ބޭހުގެ ކޮލިޓީ ކަށަވަރުކުރުމާއެކު ވީހާވެސް އަގުހެޔޮކޮށް ބޭސް ލިބޭނެ ގޮތްތައް ހޯދުމަކީ މި ސަރުކާރުގެ ވިސްނުން،” މިނިސްޓަރ ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MMA_Ads
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ކާބޯތަކެތި ލޭބަލްކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހަމަހުގެ މުއްދަތެއް ދީފި

health ministry

ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދީފި

H6txovzbmjojwefnjhdb

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދެއް އާންމުކޮށްފި

988

ކާބޯތަކެތީގައި ކެމިކަލް ހުންނަ މިންވަރު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ފަށަނީ