ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނަނީ

hiyaa flats
TTH_Ads
STO_Ads
Maldivian_Ads
Advertisement

ހިޔާ ފްލެޓްތަކާއި، ހުޅުމާލޭގެ އެހެނިހެން ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ތަންތަން ބޮޑު އަގުގައި ކުއްޔަށް ދޫކުރުން ހުއްޓުވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ސޯޝަލް ހައުސިން ފްލެޓްތައް ކުއްޔަށް ދިނުމަކީ އެފަދަ މަޝްރޫއުތައް ހިންގުމުގެ އަސްލު މަގްސަދާ ހިލާފު ކަމެއް ކަމަށެވެ. މުއްތަލިބު ވިދާޅުވީ އެންމެ ފަހުން ހުޅުމާލެއިން ހަވާލުކުރި 4,000 ފްލެޓަކީ “ރެންޓް އޯން” މޮޑެލްގެ ދަށުން ދޫކޮށްފައިވާ ތަންތަނަށް ވާތީ، އެ ތަންތަން ކުއްޔަށް ދޫކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ފަސޭހަވާނެ ކަމަށެވެ.

އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އިމާރާތްކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭކަން ފާހަގަވެއްޖެ ނަމަ، ޖޫރިމަނާ ކުރުމަށް ފަހު އެކަން އިސްލާހު ކުރަން ފުރުސަތު ދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި އިސްލާހު ނުކޮށްފި ނަމަ، ފްލެޓް އަތުލުމުގެ ބާރު ސަރުކާރަށް އޮންނާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ނަމަވެސް، ހިޔާ ފްލެޓްތަކާއި މީގެ ކުރިން ދޫކޮށްފައިވާ އެހެން ފްލެޓްތަކަކީ “ސޭލްސް އެންޑް ޕާޗޭސް” މޮޑެލްގެ ދަށުން ދީފައިވާ ތަންތަން ކަމަށްވާތީ، އެ ތަންތަނާމެދު ފިޔަވަޅު އެޅުމުގައި ގާނޫނީ ހުރަސްތަކެއް ދިމާވާކަމަށް މުއްތަލިބު ވިދާޅުވިއެވެ.

“ހިޔާ ފްލެޓުގެ އެގްރީމަންޓުގައި ވެސް މިސާލަކަށް މި އިންނަނީ އޭރު ގާނޫނުގައި ކަނޑައަޅާފައިވާ މަނާ ކަމެއް ނުކުރެވޭނެއޭ. އެހެންވެ ގާނޫނުގައި އަޅުގަނޑުމެން ކަނޑައަޅަން މިއުޅެނީ ކުއްޔަށް ދިނުމަކީ (ހިޔާ ފުލެޓް ކުއްޔަށް ދިނުމަކީ) މަނާކަމެކޭ،” މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ލޭބާ ކުއާޓާތައް ހުއްޓުވުމަށް މިހާރުވެސް ނޯޓިސްދީ، އެފަދަ ތަންތަން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRTL3dfaQAAsce0

އެފްޑީސީ ފްލެޓުތަކުގައި ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ފަށައިފި

އެފްޑީސީ ފްލެޓުތައް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ބަލަނީ

Hiyaa

ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަގުލާގީ އަމަލު ހިންގި މައްސަލައެއް ބަލަނީ

78c09bfe 4963 47f0 9d73 70c78190a53a

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމަށް ފައިހަތު