ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަޖެޓު ސާޕްލަސް 1.9 ބިލިއަން ރުފިޔާއަށް އަރައިފި

finance
TTH_Ads
STO_Ads
Maldivian_Ads
Advertisement

މި ހިނގާ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޚަރަދުތައް ކެނޑުމަށްފަހު ބަޖެޓް ސާޕްލަސްގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ރެކޯޑު ކުރެވިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ދައުލަތުގެ މާލީ ހާލަތު ހުރީ ވަރަށް ރަނގަޅަށެވެ. ފެބުރުއަރީ މަހުގެ ފަހުކޮޅާ ހަމައަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ޖުމްލަ 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި މުއްދަތުގެ ޖުމްލަ ޚަރަދަކީ 5.9 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 98.2 މިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅާކިޔާނަމަ ދައުލަތުގެ އާމްދަނީ ވަނީ 29.3 އިންސައްތަ އިތުރުވެފައެވެ. ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް، އެއީ 83 އިންސައްތަ ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއިންނެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) އަށް ލިބުނު ކުރިއެރުމެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 39.4 އިންސައްތައިގެ އިތުރުވުމެކެވެ.

HajjCop_ads
Advertisement

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ޖުމްލަ ޚަރަދު ހުރީ މިދިޔަ އަހަރާ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެހެންނަމަވެސް، ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގި ޚަރަދު ވަނީ 9.6 އިންސައްތަ އިތުރުވެފައެވެ. މުސާރައާއި ޕެންޝަނަށް 2.64 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، ފިނޭންސް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މިއީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުސާރަތަކަށް ގެނައި ހެޔޮ ބަދަލުތަކުގެ ނަތީޖާއެވެ.

މާލީ ހާލަތު ރަނގަޅުވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މި މުއްދަތުގައި އެސްޑީއެފްއަށް 287.1 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 222.8 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިފަހަރުގެ މާލީ ހިސާބުތައް އާންމުކުރުން ލަސްވީ، ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގެ ނިޒާމަށް ގެނައި މުހިންމު ބަދަލުތަކަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޝަރުޢީ ދާއިރާގެ “ސެކްޓޯރަލް ގްރާންޓް” ނިޒާމު ތަޢާރަފުކުރުމާއި، ޒަކާތު ފަންޑަށް ވަކި ލެޖަރ އެކައުންޓެއް ހެދުމުގެ އިތުރުން، އެކައުންޓިންގ ސިސްޓަމް އަލުން ތަރުތީބުކޮށް ރިކައުންސިލް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 16 at 16.48.50 (1)

ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް، ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

472701 6c241f63 4

އެމްއެމްއޭއިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ

އެމްއެމްއޭ

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ