ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދޫންޏަށް ވޯޓުދެއްވީމަ ހުންނާނީ ރަނގަޅަށް: ރައީސް

muiz
STO_Ads

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ކެނޑިޑޭޓުންގެ ނަމާއި ނަންބަރަށް ބެލުމެއްނެތި، ކޮންމެހެން ވެސް ދޫންޏަށް ވޯޓުދެއްވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން މިރޭ އާރޓިފިޝަލް ބީޗުގައި ބޭއްވި ތަރާވީޙްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނުގެ ފަހަތުގައި ހުރި ބެކްޑްރޮޕްގައި ދޫންޏެއްގެ ސިފައިގައި އިން ޕީއެންސީގެ ލޯގޯއަށް އިޝާރާތް ކުރައްވައި ވިދާޅުވީ، ޕީއެންސީއަކީ ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ، އަދި އެ ނިޒާމު އެންމެ ރަނގަޅަށް ޤަބޫލުކުރާ އަދި އެ ނިޒާމު އެންމެ ފުރިހަމައަށް ޢަމަލީ ގޮތުން ތަންފީޒުކުރާ ޕާޓީ ކަމަށާއި، ދޫންޏަށް ވޯޓު ދޭންޖެހެނީ އެ ސަބަބަށްޓަކައި ކަމަށެވެ.

Maldivian_Ads

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ އަމިއްލަ ތަޖުރިބާއަށް ބައްލަވައި، ޕީއެންސީއަށް ވޯޓުދޭންޖެހޭ އެތައް ސަބަބެއް ޚިއްޞާކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު މާލޭ ސިޓީ މޭޔަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންއަށް އަލިއަޅުވާލައި ވިދާޅުވީ، ފާއިތުވި ދެ އަހަރު އެ ފޮތުގައި އޮތް ކަންކަން ތަންފީޒުކުރައްވަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އަދި އެހެންކަމުން މާލޭ ސިޓީގެ ރައްޔިތުންނަށް އެ ކަމުގެ ނިކަމެތިކަން ލިބިފައިވާ ކަމަށެވެ.

އެގޮތުން ތޮއްޖެހިފައި އޮތް މާލޭގައި ހަދާފައިވާ މައިޒާންތަކާއި ޕާކުތައް ވީރާނާވެގެން ދިޔައީ ކައުންސިލްގެ ޒިންމާ އަދާނުކުރެއްވުމުން ކަމަށާއި، އެންމެ ފަހުން އެ މަސައްކަތާއި ހަވާލުވާން ޖެހުނީ ސަރުކާރުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންތައްތަކެއްކަން ފާހަގަކުރެއްވިއެވެ.

“މާލޭ ސިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ނުގެންދިއުމުން، ސަރުކާރުން މި އަންނަނީ ހަލާކުވެފައި ހުރި ޕާކުތަކާއި މައިޒާންތައް މަރާމާތުކުރަމުން”

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ސިޓީ ތަކުގައި މޭޔަރުން އަދި ރަށްރަށުގައި ރައީސުންނަކީ އޮފީސް ހިންގުމުގެ ޒިންމާ އޮންނަ ފަރާތްތައްކަމަށާއި، އެ ފަރާތްތައް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން އެކަމުގެ ގެއްލުން ލިބޭނީ ރައްޔިތުންނަށްކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މިހާރު ވެސް އެތައް ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

“57 ރަށެއްގައި މި ސަރުކާރުން ކުރިޔަށްގެންދަން ބޭނުންވާ މަޝްރޫޢުތައް ނުފެށިފައި އެބައޮތް، ސަރުކާރާ އިދިކީލި ކައުންސިލްތަކުން އެ މަޝްރޫޢަށް ބޭނުންވާ ބިން ހަވާލުނުކޮށްގެން”

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ މެންބަރުންގެ ވޯޓު ވެސް ޕީއެންސީއަށް މުހިންމު ކަމަށާއި، އެހެންނޫންނަމަ، ކަންކަން ނިންމައި ތަންފީޒު ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“ކައުންސިލްގެ މޭޔަރު ނުވަތަ ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބިފައި، މެންބަރުންގެ މެޖޯރިޓީ ނުލިބިއްޖެނަމަ ކައުންސިލްތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރާނެ. އެހެންކަމުން ކައުންސިލްތަކުގެ މެންބަރުން ގޮނޑި ވެސް ޕީއެންސީއަށް ވަރަށް މުހިންމު”

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެހެންކަމުން، ކުރިޔަށް އޮތް އިންތިޚާބުގައި ކޮންމެހެން ޕީއެންސީއަށް ވޯޓު ދެއްވުމަށް އެ މަނިކުފާނު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް ގެ ދެކަނބަލުން، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

saudi Arabia muiz

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން އުމްެރާއަށް ވަޑައިގަންނަވަނީ

muiz

ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންތައްތައް ރަނގަޅުކުރާނަން: ރައީސް