ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް، ހާފިޒްކަމުގެ ސަނަދު އެރުވުމަށް މުޅިން އަލަށް ބާއްވަން ފެށި ދަސްވެނިވުމުގެ މި އަހަރުގެ ހަފްލާ އަންނަ އާދީއްތަ ދުވަހު ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

ކީރިތި ގުރުއާން ހިތުދަސްކުރާ އަދަދު ދަނީ ގިނަވަމުންނެވެ. މިއާއެކު މިދިޔަ އަހަރުން ފެށިގެން ގައުމީ ފެންވަރުގެ ވަކި ހަފްލާއެއް އެކަމަށް ބާއްވަން ނިންމައި، މިދިޔަ އަހަރު ފުރަތަމަ ހަފްލާ ބާއްވާފައި ވެއެވެ.

މިއަހަރުގެ ހަފްލާ ބާއްވަން ނިންމާފައި ވަނީ ރޯދަ މަހުގެ 12 ވަނަ ދުވަހެވެ.

އިޝްތިހާރު އިޝްތިހާރު

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ ހާފިޒުން ދަސްވެނިވުމުގެ ހަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

އަދި މި އަހަރަކީ ތާރީހީގޮތުން އެންމެ ގިނަ އަދަދަކަށް ގުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ބޭއްވި މިފަދަ ހަފްލާގައި 24 ހާފިޒަކަށް ހާޒިފުކަމުގެ ސަނަދު އަރުވާފައި ވެއެވެ.