ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް: ޚުތުބާ

hukuru khuthuba
STO_Ads
TTH_Ads
Advertisement

ކުރެވިފައިވާ ކުށްތަކަށް ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ބިނާކޮށްފައިވަނީ ”ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު“ މި މައުޟޫއުގެ މައްޗަށެވެ.

މިއަދުގެ ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް اللهُ ސުބުޙާނަހޫ ވަތަޢާލާ ވަނީ މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް އެތައް ގޮތަކުން މާތްކުރައްވައި މަތިވެރިކުރައްވާފައެވެ. އޭގެ ތެރޭގައި މި ބަރަކާތްތެރި މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި، ރޯދަ ހިފުމުގެ މަތިވެރި އަޅުކަން ފަރުޟުކުރެއްވުމުގެ އިތުރުން، ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

ތައުބާވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ތައުބާވުމަކީ ކުރެވިފައިވާ އެންމެހައި ފާފަތަކުން އެއްކިބާވެ، އެކަމާ މެދު ދެރަވެ ހިތާމަކޮށް، އަލުން އެ ފާފައަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައެޅުން ކަމަށެވެ. އަދި މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ، އެ ޙައްޤު އަދާކުރުމާއެކު އިޚުލާޞްތެރިކަމާއެކު ފާފަ ފުއްސެވުން އެދި ދުޢާކުރުމަކީ ތައުބާ ފުރިހަމަވުމުގެ ޝަރުޠެއް ކަމަށްވެސް ބުންޏެވެ.

MMA_Ads
HajjCop_ads
Advertisement

ޚުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެކެވެ. މާތް ނަބިއްޔާ ﷺ އަކީ އެކަލޭގެފާނުގެ އިސްވެދިޔަ ފާފަޔާއި ފަހުން އަންނާން އޮތް ފާފަ ފުއްސަވައިދެއްވާފައިވާ ބޭކަލަކަށް ވީ ހިނދުވެސް، ދުވާލަކު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ތައުބާވެވަޑައިގަންނަވާ ކަމަށް ޙަދީޘް ކުރައްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއްކަމާއި، ރޯދަ ފަރުޟުކުރެއްވުމުގެ މައިގަނޑު ޙިކުމަތަކީވެސް ތަޤުވާވެރިވުން ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ޙުރުމަތް ހިފެހެއްޓުމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބާރުއަޅާފައެވެ. ވަކީން ޚާއްޞަކޮށް، މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން، އާންމުންގެ ކުރިމަތީގައި ހާމަކަން ބޮޑު ގޮތެއްގައި ކެއިންބުއިމުގެ ޚިދުމަތް ނުދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޝަރުޢީ ޢުޒުރެއްގެ ސަބަބުން ރޯދަ ދޫކޮށްލާ މީހުންވެސް، މި މަތިވެރި މަހުގެ ޙުރުމަތަށް ރައްކާތެރިވެ، އާންމު ތަންތަނުގައި ކެއިންބުއިމުން ދުރުހެލިވުމަށް ޚުތުބާގައި ނަޞޭޙަތްތެރިވިއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

khuthubaa hukuru

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން

hajj umra

ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ: ޚުތުބާ

hukuru khuthuba

ސެލޫންތަކަށް ގޮސް ވެކްސް ކުރުމަށް ޢައުރަ ކަޝްފުކުރުން ހުއްދަކަމެއް ނޫން: ޚުޠުބާ

hukuru namaadu

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް: ޚުޠުބާ