ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވައި ނުސާފުވުމުން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް އިލްތިމާސްކޮށްފި

TTH_Ads
STO_Ads
Advertisement

ދުންފުހުގެ އަސަރުބޮޑުވެ ވައި ނުސާފުވެފައިވާތީ ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެ އިދާރާއިން ބުނީ ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްހަތައް ނޭދެވޭ އަސަރު ކުރެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.

ވައި ނުސާފުވުމުން ސަމާލުވާންވީ ބައެއް ކަންތައްތައް

HajjCop_ads
Advertisement

  • ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން
  • ބޭރަށް ނިކުންނަށް ޖެހޭ ހާލަތްތަކުގައި ރައްކާތެރި ކަމަށްޓަކައި މާސްކުއެޅުން
  • ކުޑަކުދިންނާއި ދޮށީ އުމުުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތުު ހޭދަނުކުރުން
  • ގޭގޭ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • ބޭރުގައި ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން

ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމެންޓްގެ ލިންކުން iqair.com/maldives ނުވަތަ ނުވަތަ IQAir Visual އެޕް އަޅުއްވައިގެން ބަލައިލެވޭނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ރާއްޖެއަށް ދުންފުހުގެ އަސަރު ވާސިލުވަނީ އިރުއުތުރުން އަންނަ ވަޔާއެކު އެވެ.

ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އަހަރުގެ ފަހު ދުވަސްތަކާއި އައު އަހަރު ފެށޭއިރު ރާއްޖެއަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އަދި ބައެއް ދުވަސްވަރު ސިއްޙީ ގޮތުން ނުރައްކާވާ މިންވަރަށް ދުންހުގެ އަސަރު އިތުރުވެ އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

moosun

ކަނޑުމަތީގެ ހާދިސާތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

moosun

މާދަމާވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވާނެކަމަށް މެޓުން ލަފާކޮށްފި

88887

މާފުށީ ބޭރުގައި އޮތް ފްލޯޓިން ބާ ސަފާރީއެއް ރަށު ބަނދަރަށް ލައްވައި ފުނޑުފުނޑުވެއްޖެ