ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި އަހަރު 6 ހޮސްޕިޓަލެއް ހުޅުވައި، ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނަނީ

Maldivian_Ads
TTH_Ads
STO_Ads
Advertisement

މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޢުމްރާނީ ތަރައްޤީއަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ހަމައެކަނި މި އަހަރުގެ ތެރޭގައިވެސް އާ 6 ހޮސްޕިޓަލެއްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމްގެ “ރިޔާސީ ބަޔާން” ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހޮސްޕިޓަލްތަކެއްގެ މަސައްކަތް މިހާރުވެސް އެކި މަރުޙަލާތަކުގައި ބާރަށް ކުރިއަށްދާ ކަމަށެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ދައުރު ނިމިގެންދާއިރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރާއި ޖާގައަށް ޒަމާނީ ބަދަލުތަކެއް ގެނައުމެވެ.

މިގޮތުން މިއަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް ލަފާކުރެވޭ ހޮސްޕިޓަލްތަކުގެ ތަފްޞީލުވެސް ސްޓޭޓް މިނިސްޓަރު ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު އަދި ކ. ގުރައިދޫގައި ތަރައްޤީކުރަމުންދާ ހޮސްޕިޓަލްތައް ހިމެނޭކަމަށް ޝަރީފް ވިދާޅުވިއެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް އިންޓާންޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Geealaa health minister

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރަނީ

ހެލްތް މިނިސްޓްރީ އާއި ޔޫއެން އެސްކޭޕް ގުޅިގެން ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި