ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން މާދަމާއަށް ތާވަލުކޮށްފި

Giraavaru falhu
STO_Ads
TTH_Ads

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހިންގާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު އަލުން ފަށައިފިއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިން މިހާރު ވަނީ، ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ “އޮރެންޖް” ޑްރެޖަރު ބޭނުންކޮށްގެން ވެލި އެޅުމުގެ މަސައްކަތް ފަށާފައެވެ. ދިގުމިނުގައި 201 މީޓަރު ހުންނަ މި ބިޔަ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރުފަޅުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން ވަނީ އެ ފަޅުން ގާތްގަނޑަކަށް 50 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ޚާއްޞަކޮށްގެން ގޯތި ކަނޑައެޅުމުގެ ގުރުއަތު ނެގުން މާދަމާ ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ. އެތަނުގެ އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެ ސަރަހައްދުން ޖުމްލަ 4،072 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި 1250 އަކަފޫޓުގެ 2603 ގޯއްޗާއި، 1650 އަކަފޫޓުގެ 1214 ގޯތީގެ އިތުރުން 2050 އަކަފޫޓުގެ 254 ގޯއްޗާއި 2450 އަކަފޫޓުގެ އެއް ގޯތި ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ދަށުން ވީހާވެސް އަވަހަކަށް ބިން ހިއްކައި ނިންމައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށްވާއިރު، ބޮޑު ޑްރެޖަރާއެކު މި މަސައްކަތް މިހާރު ވަނީ އިތުރަށް ހަލުވިވެގެން ގޮސްފައެވެ.

HajjCop_ads

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

Oo

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ޖޫން މަހު ހަވާލުކުރަން ފަށާނެ: ރައީސް

Giraavaru falhu

ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި

Img md 202601310121241769847684.3257

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ފަށައިފި