ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

27 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

TTH_Ads
STO_Ads
Advertisement

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 27 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފިއެވެ.

ޞިއްޙީ ވުޒާރާއިން 56 ރަށަކާއި ހަވާލުކުރާ އެމްބިއުލާންސްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާއެވެ. އެ ކުންފުނިން މި މަސައްކަތް މި މަހުގެ 19ވަނަ ދުވަހު ފަށާފައިވާއިރު މިހާތަނަށް 27 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވައި އެ ރަށްރަށުގެ ހޮސްޕިޓަލްތަކާ ހަވާލުކޮށްފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އެމްޕީއެލްއިން ވިދާޅުވީ ބާކީ ހުރި އެމްބިއުލާންސްތައް ވެސް ލިބެންޖެހޭ ރަށްރަށަށް، ކައިރި މުސްތަޤުބަލެއްގައި ފޯރުކޮށްދިނުމަށް އެކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް ދެނެގަތުމުގެ ތެރެއިން ފެއްޓެވި މަސައްކަތެވެ. އެގޮތުން ޞިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ނުދެވުމަކީ ހުރިހާ ރަށެއްގެ ޝަކުވާއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޞިއްޙީ ވުޒާރާއިން އެމްޕީއެލްއާ އެމަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިންނެވެ. އެ މަސައްކަތުގެ ދަށުން ފުރަތަމަ 56 އެމްބިއުލާންސް މާލެގެނެސް އެރަށްރަށާއި ތަޅުދަނޑުވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށޭނެކަމަށްވެސް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MMA_Ads
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ބޯޑުން ރައިޝަމް އަދި ވީއެމްސީ ބޯޑުން ޢާއިޝަތު ވަކިކޮށްފި

Igmh

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާދެއްވައިފި

Sstv FORM FOR EC

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Mpl

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނޭ: އެމްޕީއެލް