ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިޕާ ވައިރަސް ރާއްޖެއަށް ނުރައްކާ ކުޑަ: އެޗްޕީއޭ

health ministry
TTH_Ads
STO_Ads
Advertisement

އިންޑިއާގެ ހުޅަނގު ބެންގޯލް ސްޓޭޓުން ނިޕާ ވައިރަސްގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ރާއްޖޭގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި، މި ވަގުތަށް ރާއްޖެއަށް އޮތް ނުރައްކާ ކުޑަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަހުގެ ތެރޭގައި އިންޑިއާގެ ހުޅަނގު ބެންގޯލް ސަރަހައްދުން ނިޕާ ވައިރަހަށް ޕޮޒިޓިވްވި ތިން މީހަކު ވަނީ ފެނިފައެވެ. ނަމަވެސް، މި ކޭސްތަކާ ގުޅިގެން ބަލިޖެހުނު މީހުންނާ ދިމާވި 180 އަށްވުރެ ގިނަ މީހުން ދެނެގަނެ، އެ ފަރާތްތައް އެކަހެރިކޮށް ހާލަތު މޮނިޓާކުރަމުންދާ ކަމަށް އެ އޭޖެންސީން ބުނެއެވެ. އަދި މިހާތަނަށް އައިއިރު، އެ ސަރަހައްދު ފިޔަވައި އިންޑިއާގެ އެހެން ހިސާބަކުން ނުވަތަ އެހެން ގައުމަކުން މި ބަލީގެ އިތުރު ކޭސްތަކެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.

މި ބައްޔަކީ “ޓެރޯޕަސް” އާއިލާގެ ވާލާއި އޫރުގެ ފަރާތުން އިންސާނުންނަށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ބަލި ފެތުރެނީ ވައިރަސް ހުރި ވާލު ކައިފައި ހުންނަ މޭވާ ނުވަތަ ވާލުގެ ކުޅު އަދި ކުޑަކަމުދާ ތަކެތި ހޭކިފައިވާ ތަރުކާރީ އާއި މޭވާ ފަދަ ތަކެތި އިންސާނުން ބޭނުންކުރުމުންނެވެ. މީގެ އިތުރުން، ބަލިޖެހިފައިވާ މީހުންނާ ގާތުން އެއްތާވާ މީހުންނަށްވެސް ބަލި އަރާފާނެއެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާއި، ބޮލާއި ކަރުގައި ރިއްސުން، ނޭވާލާން އުނދަގޫވުން އަދި ހާލަތު ގޯސްވެއްޖެނަމަ ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުމާއި ފިޓުޖެހުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި އަލާމާތެއް ނުފެނިވެސް ބަލި ހުރެދާނެއެވެ.

HajjCop_ads
Advertisement

ރާއްޖެއަށް މި ބަލީގެ ނުރައްކާ ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ޔަގީންކޮށްދީފައެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލިމީހަކާ ކޮންޓެކްޓްވި މީހަކުވެސް ފެނިފައި ނުވި ނަމަވެސް، ބަލި ފެނިފައިވާ އިންޑިއާގެ ހުޅަނގު ބެންގޯލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް އަދި ހޯދިފައިނުވާއިރު، ފަރުވާ ދެނީ ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

health ministry

މިހާތަނަށް 5،495 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވޭ: އެޗްޕީއޭ

health ministry

މިދިޔަ ހަފްތާގައި އެކަނިވެސް ހިމަބިހީގެ 55 ކޭސް، އިތުރަށް ސަމާލްވާންޖެހޭ!

137944 3 532c90c22f2e415b68bfda2d5fcf65ded39ca440 medium

މިދިޔަ ހަފްތާގައި ހިމަބިހީގެ 44 ކޭސް