ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮންޓެއިނަރުތައް އުފުލުމަށް ބޭނުންކުރާ އާރުޓީޖީ ކެރޭންތަކަށް ބޮޑު ބަދަލުތަކެއް

STO_Ads
TTH_Ads
Advertisement

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް އުފުލުމަށް ބޭނުންކުރާ އާރުޓީޖީ ކެރޭންތަކަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ފަށައިފިއެވެ.

އެމްޕީއެލުން ވިދާޅުވީ، މި ކެރޭންތަކަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައި މިވަނީ ގާތްގަނޑަށް 19 އަހަރަށް ފަހު ކަމަށެވެ.

މި މަސައްކަތަކީ އެ ކުންފުނިން ބޭނުންކުރާ ކެރޭންތައް އަޕްގްރޭޑް އަދި މެއިންޓެއިންކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެއް ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

އެމްޕީއެލުން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ކެރޭންތަކުގެ ކޮންޓްރޯލް އަދި ޑްރައިވް ސިސްޓަމްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ކެރޭންތަކުގެ ޕަވަރ އަދި އިންޖީނު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެމްޕީއެލުން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާ، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެމްޕީއެލުން ހާމަކުރި ގޮތުގައި މިހާރު ބޭނުންކުރަމުންދާ އާރުޓީޖީ ކެރޭންތަކަކީ 2007 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ އުޅަނދުތަކެކެވެ. ގާތްގަނޑަކަށް 19 އަހަރުގެ މުއްދަތަކަށް މި ކްރޭންތައް ބޭނުންކޮށްފައިވުމުން، އޭގެ މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށާއި އިތުބާރު ހިފޭ ގޮތަށް މަސައްކަތް ކުރުމަށް މި އަޕްގްރޭޑަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

 

މުދާ ކްލިއާ ކުރުން ލަސްވުމަކީ މީގެ ކުރިން އެތައް ވިޔަފާރިވެރިންނެއް ކުރަމުން އައި ޝަކުވާއެެކެވެ. އެހެންކަމުން ކެރޭންތަކަށް މިގެންނަ އަޕްގްރޭޑާއެކު ބަނދަރުގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަލުވިވެ، މުދާ ހޭންޑްލް ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން މުދާ އަވަހަށް ކްލިއާ ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

އެމްޕީއެލުން މުދާ ކްލިއާކުރުމަށް ބޭނުންކުރާ ކެރޭންތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެމްޕީއެލުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރާއްޖެ އަންނަ އާގު ބޯޓުފަހަރަށް ޕޯޓް މިއަދުން ފެށިގެން ޕޯޓް ލިމިޓް އޭރިޔާއަށް 24 ގަޑިއިރު ވަދެވޭގޮތައް ވަނީ ބަދަލުގެނެސްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ބޯޑުން ރައިޝަމް އަދި ވީއެމްސީ ބޯޑުން ޢާއިޝަތު ވަކިކޮށްފި

Igmh

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާދެއްވައިފި

Sstv FORM FOR EC

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Mpl

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނޭ: އެމްޕީއެލް