ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާދަމާއިން ފެށިގެން ބޯޓުތަކަށް 24 ގަޑިއިރު ޕޯޓު ޚިދުމަތް، ބޮޑު ލުޔެއް ލިބިގެންދާނެ

mpl
Maldivian_Ads
STO_Ads
TTH_Ads
Advertisement

މާދަމާއިން ފެށިގެން ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިބަދަލާއެކު ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

1988ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބައިނަލްއަގުވާމީ އުޅަނދުތަކުން އަމަލުކުރަމުން އައި އުސޫލަކީ، ރޭގަނޑު 12 ޖެހުމަށްފަހު އަންނަ ބޯޓުފަހަރު ހެނދުނު 6 ޖަހަންދެން ބޭރުގައި މަޑުކުރުމެވެ. ނަމަވެސް، ރާއްޖެއަށް އަންނަ އުޅަނދުތައް ގިނަވަމުންދާތީ، ގައުމުގެ އިގްތިސާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 26 ޖަނަވަރީ ވާ ހޯމަ ދުވަހުން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. މިއީ 1988ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

HajjCop_ads
Advertisement

މިބަދަލާއެކު، ކުރިންވެސް އުޅަނދުފަހަރަށް ދެމުންއައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑިއިރު ހިނގަމުން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މި އައު ބަދަލާއެކު، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑުގެ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި ޕައިލޮޓޭޖްގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެއެވެ. މީގެ ސަބަބުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ނިންމުމަކީ މާލޭ ކޮމާޝަލް ޕޯޓަކީ ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހުރި ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީވެ، ރާއްޖެ އަންނަ އުޅަނދުފަހަރުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ސިފަކުރައްވައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202609170434211789644861.1978

އެމްޕީއެލްގެ މުވައްޒަފެއް ސިންގަޕޫރުގެ ކޯހެއްގައި ބައިވެރިވެއްޖެ

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ