ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިމާލޭގައި ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވައިފި

STO_Ads
TTH_Ads
Advertisement

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވިލިމާލެ ކެމްޕޭން އޮފީސް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ މަސައްކަތް ވިލިމާލޭގައި ކުރުމަށް ޕާޓީގެ ރަސްމީ އޮފީސް ހުޅުއްވައިދެއްވީ، ޕާޓީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ އިންތިޚާބުގައި ޕާޓީގެ ކެމްޕޭން މެނޭޖަރުގެ ގޮތުގައި މަސައްކަތްކުރައްވާ އިބްރާހީމް ފަލާޙް އެވެ.

ރޭ ވިިލިމާލޭގައި އޮތް ރަސްމިއްޔާތުގައި، ފަލާޙްގެ އިތުރުން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާއީލް އާއި، މާލެ ސިޓީގެ މޭޔަރުކަމަށް ސަރުކާރުގެ ޓިކެޓުގައި ވާދަކުރައްވާ މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލްގެ އިތުރުން ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

MMA_Ads
HajjCop_ads
Advertisement

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ފަލާޙް ވަނީ، ވިލިމާލޭގައި ރަސްމީކޮށް ކެމްޕޭން ފެށުމާއެކު، އެންމެ ރެޔެއްވެސް ދޫކޮށްނުލައި ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދެވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފަލާޙް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ކޮންގްރެސް ޕާޓީގައި ތިބީ 3000 މެންބަރުން ކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާއެކު ޕާޓީއަށް އެތައް ހާސް ރައްޔިތުންނެއް އިތުރުވެފައިވާ ކަމަށް ފަލާޙް ވިދާޅުވިއެވެ. އެގޮތުން، މިދިޔަ މަހެއްހާ ދުވަސްތެރޭ 7000 މެންބަރުން ކޮންގްރެސް ޕާޓީއާ އަލަށް ގުޅުނު ކަމަށް ފަލާޙް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަލަށް ގެނައި ބަދަލާއެކު ޕާޓީއިން ވަކިވުމުގެ އަމިއްލަ އިޚްތިޔާރު ކޮންމެ މެންބަރަކަށް ލިބޭ ކަމަށާއި، އެހެންނަމަވެސް އިދިކޮޅު ޕާޓީތަކުން އުޅެނީ 3000 މެންބަރުން ހަމަނުވެގެން ކަމަށް ފަލާޙް ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ވިލިމާލޭގެ ކެމްޕޭން އޮފީސް ރަސްމީކޮށް ހުޅުވުމާއެކު މުޅި ރާއްޖެ ހިމެނޭހެން، ގްރޭޓާ މާލެ ސަރަޙައްދުގައި ވެސް ކެންޑިޑޭޓުން ހޮވުމުގެ ސިލްސިލާ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ.

މެންބަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލަތަށް ބާރުތައް ލިބިފައިވީނަމަވެސް، ސަރުކާރަށް ޖެއްސުން ކުރުމާއި ތަރައްޤީއަށް ހުރަސް އެޅުމަށް ބައެއް ކައުންސިލްތަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ. މި ސަރުކާރަށް މިވީ ދެއަހަރުގެ ތެރޭގައި އެފަދަ މަންޒަރުތައް ފެނިފައިވާކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

މުޙައްމަދު އިސްމާޢީލް އެދިވަޑައިގެންނެވީ، ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Minister Rafiu

މިއީ އާ ފެށުމެއްގެ ގޮތުގައި ކުރިއަށްދާންވީ ވަގުތު: ރާފިޢު

މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ސާވޭތައް ފަށައިފި

pnc office

ހިތަދޫ އުތުރު ދާއިރާ: ކޮންގްރެސް ޕާޓީގެ ޕްރައިމަރީ މި މަހު 25 ގައި

Screenshot 2026 04 14

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލައިފި