ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ދައުލަތުގެ ޑެފިސިޓް 73.5 އިންސައްތަ ދަށްވެއްޖެ

finance
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމުލަ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، ނިމިދިޔަ 2025 ވަނަ އަހަރުގެ ދައުލަތުގެ އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިޔަން ރުފިޔާއިން ދަށްވެފައެވެ. މިއީ މާލީ ނިޒާމަށް ގެނެވުނު ހަރުދަނާ ބަދަލުތަކުގެ ނަތީޖާއެއްކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 39.6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 35.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ބަޖެޓުގައި އަންދާޒާކުރި ވަރަށްވުރެ 2.0 ބިލިޔަން ރުފިޔާ އިތުރުވެފައެވެ.

HajjCop_ads
Advertisement

ޚާއްޞަގޮތެއްގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި 29.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި އެކަނިވެސް 11.0 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 24.0 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ މަދުން (415.2 މިލިޔަން ރުފިޔާ) ލިބުނު ނަމަވެސް، ޓެކުހުގެ އާމްދަނީ އިތުރުވުމަކީ ޑެފިސިޓް ކުޑަކުރުމަށް ލިބުނު ބޮޑު ބާރެކެވެ. އެގޮތުން 2024 ވަނަ އަހަރު 13.1 ބިލިޔަން ރުފިޔާގައި ހުރި އޯވަރޯލް ޑެފިސިޓް، 2025 ވަނަ އަހަރު ވަނީ 3.5 ބިލިޔަން ރުފިޔާއަށް ތިރިކުރެވިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ މާލީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި “ޕްރައިމަރީ ބެލެންސް” ސަރޕްލަސްއަކަށް ބަދަލުވެފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. 2024 ވަނަ އަހަރު 8.4 ބިލިޔަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައެވެ.

މި ހެޔޮ ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، އާމްދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ނަތީޖާއެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 16 at 16.48.50 (1)

ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް، ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

472701 6c241f63 4

އެމްއެމްއޭއިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ

އެމްއެމްއޭ

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ