ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑަބްލިއުއެސްސީ، ހަރަދުން 160 މިލިއަން ސަލާމަތްކޮށް ފައިދާ %90 މައްޗަށް

Matheen Mwsc
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަޠީން މުޙައްމަދު
STO_Ads
TTH_Ads
Advertisement

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ން 2024 ވަނަ އަހަރު ނިންމާލީ ކުންފުނީގެ ހަރަދުން 160 މިލިއަން ސަލާމަތްކޮށް، ކުންފުނީގެ ފައިދާގެ ނިސްބަތް 90 އިންސައްތަ އިތުރުކޮށްގެންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީ ވަނީ އައު ސަރުކާރު ހަވާލުވީއިރު ކުންފުނި ހިނގަމުން އައީ ދަރަނީގައިކަން ފާހަގަކުރައްވާފައެވެ. އައު ސަރުކާރުން ވެރިކަމަަށް އައުމާއެކު ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔައިރު ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިރުޝާދުދެއްވީ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކަށް ބުރޫ ނާރާނެގޮތަކަށް ހަރަދުކުޑަކުރުމުގެ ސިޔާސަތުތައް ރާވާލުމަށް އިސްކަންދިނުމަށްކަމަށް އެމްޑީ މަތީން ވިދާޅުވިއެވެ. 2024 ވަނަ އަހަރު ކުންފުނީގެ ހިންގުން ކުރިއަށް ގެންދަންޖެހުނީ ދަރަނީގެ ތެރެއިން ނަމަވެސް އަހަރު ނިމިގެންދިޔައީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްގެންކަން އެމްޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

“2023 އާ 2024 އަށް އަޅާބަލާއިރު 160 މިލިއަން ރުފިޔާ ހިންގުމުގެ ހަރަދުން ސަލާމަތް ކުރެވުނު. އޭރު އޮތް ދަރަނީގެ ހާލަތާއި ކޭޝްފްލޯގެ ހާލަތަށް ބަލާކަމުގައި ވާނަމަ ކުންފުނި މެނޭޖުކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެއް މިއީ. ކުންފުނީގެ ހަރަދު ކުޑަކޮށްގެން ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ފައިދާ ވެސް ވަރަށް ބޮޑުތަނުން އިތުރުވެގެންދިޔަ 2023 އަޅާ ބަލާއިރު. އެގޮތުން 2024 ވަނަ އަހަރު ކުންފުންޏަށް 90 އިންސައްތަ ފައިދާ ލިބިފައިވޭ.” – މަތީން

HajjCop_ads
MMA_Ads
Advertisement

ރައީސް މުޢިއްޒު ދެއްވި އިރުޝާދުފުޅުގެ ސަބަބުން ވެރިކަމާ ހަވާލުވެ، ފުރަތަމަ އަހަރުގައިވެސް ބޮޑު ކާމިޔާބީއެއް އެމްޑަބުލިއުއެސްސީން ހޯދިކަމަށް އެމްޑީ ވިދާޅުވިއެވެ.

މި ދެ އަހަރުގެ ތެރޭގައި ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ޒަމާނީ ހިދުމަތްތަކެއް ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަން އެމްޑީ މަތީން ފާހަގަކުރެއްވިއެވެ.

އެމްޑަބުލިއުއެސްސީން 2024 ވަނަ ބޮޑު ކާމިޔާބީއެއް ހޯދިއިރު،ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަމާޒުކޮށް މި އަހަރުގެ މަސައްކަތްތައް ފަށައިގަތުމަށް އައު ވިސްނުންތަކާއެކު އެމް.ޑަބްލިޔު.އެސް.ސީ ގެ “ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް” ވަނީ ބާއްވައިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ މި އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް މިސްރާބު ބިނާވެފައިވަނީ ޚަރަދުކުޑަކުރުމާއި، ފެނުގެ ޚިދުމަތް ނޫން އެހެން ދާއިރާތަކުން އާމްދަނީ އިތުރުކުރުމާއި، ނަތީޖާ ނެރުމަށް މުވައްޒަފުން އެކުގައި މަސައްކަތްކުރުމުގެ އިތުރުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނޭހެން މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށްކަމަށެވެ. މި ދާއިރާތަކަށް އިސްކަންދިނުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އިތުބާރުހުރި ޚިދުމަތްތަކެއް މެދުނުކެނޑި ފޯރުކޮށްދިނުންކަމަށެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MWSC

މާލޭގެ ސްވަރޭޖް މެއިންލައިން އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

Img md 202606070732061780842726.1197

އެމްޑަބްލިޔުއެސްސީ ސޮލިއުޝަންސް އިން ކޮމްޕެކްޓް ފެން ޕަމްޕް ބާޒާރަށް ނެރެފި

Img md 202606070147021780822022.9425

ގަސް އިންދުމުގެ މަޝްރޫޢަށް އެމްޑަބްލިޔުއެސްސީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އެމްއެންޔޫ ފެއާގައި އެމްޑަބްލިޔުއެސްސީގެ ވަޒީފާ ސްޓޯލެއް ބަހައްޓަވައިފި