ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑެތި ބަލިތަކަށް ޕެންޝަން ފައިސާ ނެގޭގޮތަށް ޤާނޫނު ބަދަލުކުރަން މަޖިލީހަށް ހުށަހަޅައިފި

civil service office
STO_Ads
TTH_Ads
Advertisement

ބޮޑެތި ބަލިތައް ތަޙައްމަލްކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ބިލަށް އިޞްލާޙު ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު އެވެ.

ޕެންޝަނާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވެނީ ފަރުޟު ހައްޖު އަދާކުރުމަށާއި ބޯހިޔާވަހިކަމުގެ ބޭނުންތަކަށެވެ.

MMA_Ads
HajjCop_ads
Advertisement

އިޞްލާޙުގައި ވާގޮތުން، ޓަރމިނަލް އިލްނަސްގެ ޙާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެކަމަށް ކަނޑައަޅައި، އެ ފައިސާ ދޫކުރުމުގެ އުޞޫލުތައް ޤާނޫނުގައި ހިމެނުމަށް ވަނީ ހުށަހަޅައިފައެވެ.

ޓާމިނަލް އިލްނަސްގެ ޙާލަތް ކަމަށް އިޞްލާޙުގައި ބުނެފައިވަނީ، އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިން ނަމަވެސް، 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެފަދަ ބައްޔަކާ ބެހޭ ސްޕެޝަލިސްޓު ޑޮކްޓަރަކު ކަނޑައަޅާފައިވާ ޞިއްޙީ ޙާލަތްތަކަށެވެ.

މިފަދަ ޙާލަތެއްގައި އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ނުވަތަ އެމީހަކު އެދޭ މިންވަރަކަށް ދޫކުރެވިދާނެ ކަމަށް އިޞްލާޙުގައި ހިމަނާފައިވެއެވެ.

ބިލަށް ގެންނަން ހުށަހެޅި އެހެން އިޞްލާޙުތަކަށް ބަލާއިރު، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ، އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް އަސާސީ ޕެންޝަން ލިބިނުދެވޭނެކަމަށް ކަނޑައެޅުން ހިމެނެއެވެ. އަދި، ގެދޮރު ޢިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރައިޒް ކުރެވޭނެކަން ކަނޑައެޅުން ވެސް އިޞްލާޙުގައި ހިމަނާފައިވެއެވެ.

ޕެންޝަން ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތް ބަދަލުގެންނަވާނެކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި 2025 ޑިސެމްބަރު 8 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭ ޙާލަތްތައް އިތުރުކުރަން ޤާނޫނު އިޞްލާޙު ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Majilis

ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

majilis

ގުނަވަން ހަދިޔާކުރާ ބިލު އިތުރަށް ފުރިހަމަކުރަން ކޮމެޓީއަށް

Sstv FORM FOR EC

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރައްވައި ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

Zareer

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް