ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ދެ ފިޔަވަހީގައި ސްޕޯޓްސް ކޮމްޕެލްސް އިމާރާތް ކުރަނީ

TTH_Ads
STO_Ads

ނެޝަނަލް ސްޓޭޑިއަމް ހުޅުމާލޭގައި އަޅާ ހުޅުމާލެ ދެ ފިޔަވަހީގައި ސްޕޯޓްސް ކޮމްޕެލްސް އިމާރާތް ކުރައްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ކުޅިވަރުގެ ދާއިރާއިން ހުޅުމާލެއަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ރައީސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގައި ސްޕޯޓްސް ކޮމްޕެލްސް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގައި ސްޕޯޓްސް ކޮމްޕެލްސް ތަރައްޤީ ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ނެޝަނަލް ސްޓޭޑިއަމް ވެސް އަޅާނީ ހުޅުމާލޭގައި ކަމަށެވެ.

Maldivian_Ads

އެކަމަށް ޚާއްސަކޮށް ބިން ވެސް ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތް އޮތީ ވަރަށް އެޑްވާންސް ސްޓޭޖްގައި ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއުއަށް ބޭރު ގައުމެއްގެ އެހީ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް