އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ ފުރާޅު، ފުލުހުން މަރާމާތުކޮށްދީފިއެވެ.

ފުލުހުން ބުނީ، މިއަދު އައްޑުއަށް ކުރި ވިއްސާރައިގައި ސ.ހިތަދޫ، ބިނާޓުގޭގެ ފުރާޅު ހަލާކުވެ، ފުރާޅުން ގޭގެ ތެރެއަށް ފެން ފައިބައި ސީލިންގާއި ކޮޓަރި ތެރޭގައި ހުރި ތަކެއްޗަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށެވެ.

"ގޭގައި ދިރިއުޅޭ ފަރާތްތަކުން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ފުރާޅު މަރާމާތު ކުރުމުގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި" ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މީގެކުރިން ވެސް މިފަދަ ހާދިސާތަކާ ގުޅިގެން ފުލުހުން ވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ.