ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިޘާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

TTH_Ads
STO_Ads
Advertisement

އިންޑޮނީޝިއާގެ ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިޘާއާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑޮނޭޝީއާގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން، އިންޑޮނީޝިއާގައި، މި ހާދިސާގެ ސަބަބުން އަސަރުކުރި އާއިލާތަކާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ މި ހާދިސާގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އެނގިވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ހާދިޘާގެ އަސަރު ކުރި ފަރާތްތަކަށް ހިތްވަރާއި ތަސައްލީ ލިބުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން މި ހާދިޘާގައި އަނިޔާލިބި، ގެއްލުންތައް ތަޙައްމަލުކުރަން ޖެހުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ވީހާ އަވަހަކަށް އެކަމުން އަރައިގަނެވޭނެ ގޮތް ވުމަށް އެދިވަޑައިގެންފައިވެއެވެ.

HajjCop_ads
Advertisement

ވެރިރަށް ޖަކާޓާގައި މި ހާދިސާ ހިނގާފައިވަނީ ހަތް ފަންގިފިލާއަކަށް ނަގާފައިވާ އުސް، އޮފީސް އިމާރާތެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އަލިފާން ރޯވީ ފުރަތަމަ ފަންގިފިލާގައެވެ. އަދި އެއަށްފަހު މަތީ ފަންގިފިލާތަކަށް މި އަލިފާންގަނޑު ވަނީ ފެތުރިފައެވެ.

އަލިފާންގަނޑު ނިއްވުމުގައި މަދުވެގެން 100 ފަޔަރފައިޓަރުންނާއި 29 ފަޔަރ ޓްރެކް ހަރަކާތްތެރިވެފައިވެއެވެ. މި ހާދިސާގައި އަލިފާންގަނޑު ނިއްވުމަށް ތިން ގަޑިއިރު މަސައްކަތްކޮށްފައިވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތް ފިރިހެނުންނާއި، 15 އަންހެނުން ހިމެނޭއިރު، އެކަކީ މާބަނޑު އަންހެނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް