ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސް ކުންފުނީގެ ޗެއާޕާސަން ކަމަށް ހަލީމް، ބީސީސީގެ ޗެއާޕާސަން ކަމަށް ޝަހީދު

55
TTH_Ads
STO_Ads
Advertisement

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށާއި ‏ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށާއި ‏ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް ބޭފުޅުން ހަމަޖައްސަވާފައިވާ ކަމަށެވެ.

އެގޮތުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މ. ރަނިކަ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އެވެ. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމަކީ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އެވެ.

HajjCop_ads
Advertisement

‏ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް، އައްޔަނު ކުރައްވާފައިވަނީ ގއ.ވިލިނގިލި، ވައިޖެހޭގެ، ޝަހީދު މުޙައްމަދު ވަނީ އައްޔަނުކޮށްފައެވެ. މިހާތަނަށް އޭނާ ހުންނެވީ އާސަންދަ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައެވެ.

މީގެއިތުރުން ‏ޕީސީބީން މިއަދު ބުނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް، ވެސް ބޭފުޅަކު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް، އައްޔަނު ކުރައްވާފައި ވަނީ އއ.ރަސްދޫ، ފުނަމާލެ، އަޙްމަދު ޝާކިރު އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ތިން ކުންފުންޏެއްގެ ބޯޑަށް ޕީސީބީން މެމްބަރުން އައްޔަންކޮށްފި

PCB

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލުތަކެއް

ޕީސީބީގެ މެމްބަރުކަމަށް ޒައިނާ އައްޔަންކުރަން ރުހުންދީފި

2027 އަށް ސަރުކާރު ކުންފުނިތައް އޮޑިޓްކޮށް ނިންމަނީ