ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަގީގީ ރަހުމަތްތެރިންނަކީ ހެޔޮކަންކަމަށް މަގުފަހި ކޮށްދީ ހެޔޮ ނަސޭހަތްދޭ މީހުން: ޚުޠުބާ

hukuru khuthuba
STO_Ads
TTH_Ads
Advertisement

ހަގީގީ ރަހުމަތްތެރިންނަކީ ހެޔޮކަންކަމަށް މަގުފަހި ކޮށްދީ ހެޔޮ ނަސޭހަތްދޭ މީހުން ކަމަށާއި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ތިމާގެ އަމިއްލަ ނަފްސަށާއި މުޅި މުޖުތަމަޢުގެ ޙައްގުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

“ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގެއްލުން” މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، ވީއުރު މި ސުމްޕާ ވަބާއިން މުޅި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކާ، ވަރުގަދަ އަޒުމަކާއެކު ކުރިމަތިލަންޖެހޭ ކަމަށާއި، ފުރަތަމަ އިސްލާހުކުރަން ޖެހެނީ ތިމާގެ އަމިއްލަ ނަފުސު ކަމުގައެވެ.

“އެއައްފަހު މުޖުތަމަޢެވެ. ދަންނާށެވެ! ހަގީގީ ރަހުމަތްތެރިންނަކީ ހެޔޮކަންކަމަށް މަގުފަހި ކޮށްދީ ހެޔޮ ނަސޭހަތްދޭ މީހުންނެވެ. ނުބައި ކަންކަމަށް ހިތްވަރުދޭ މީހުން ރަހުމަތްތެރިން ކަމުގައި ނުބަލާށެވެ. ގެއްލުންދޭ އަދި ގެއްލުމަށް މަގުފަހުކޮށްދޭ ކޮންމެ އެއްޗަކުން ދުރިުހެލިވާން ޖެހޭކަމާއި، އެފަދަ ކަމެއް ކުރުމަކީ ހަރާންކަމެއް ކަމުގައި ޢިލްމުވެރީން އިއްތިފާގު ވެވަޑައިގެންފައި ވެއެވެ. ” ޚުޠުބާ

HajjCop_ads
Advertisement

މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބޮޑު އިސްރާފެއް ކަމަށާއި، އިސްރާފް ކުރުމަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން ގެއްލުންދެނިވި އެންމެހާ ތަކެތީން ދުރުހެލިވުމަށް އިސްލާމް ދީނުގައި އަންގަވާގައިވާކަން ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ ރަގަޅުހާ ތަކެތި ހަލާލް ކުރައްވާ އަދި އެންމެހައި ނުބައި ތަކެތި ހަރާމްކުރައްވާފައިވާ ކަމުގައެވެ.

ޚުޠުބާގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ގެއްލުން ލިބެނީ ހަމައެކަނި އެކަން ކުރާ ބަޔަކަށް އެކަނި ނޫން ކަމަށާއި، މީހުން އެއްވެ އުޅޭ ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން އެތަނެއްގައި ތިބި ދުންފަތުގެއިސްތިއުމާލު ނުކުރާ މީހުންނަށްވެސް ބޮޑެތި ގެއްލުން ލިބޭ ކަމުގައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big gSc249Cwbpo2unk1Ii8OrHAzr

ކުށެއްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ޙައްޤު އަދަބު ލިބެންޖެހޭ: ޚުޠުބާ

khuthubaa hukuru

މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން: ޚުތުބާ

khuthubaa hukuru

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން

hajj umra

ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ: ޚުތުބާ