ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްފުށީގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފި

TTH_Ads
STO_Ads
Advertisement

ކ. ދިއްފުށީގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފިއެވެ.

ކުނި މެނޭޖްކުރާ ސެންޓަރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ ދާއިރާގެ ކުނިމެނޭޖް ކުރުމަށް ޚާއްސަ ކުރެވިފައިވާ ޢިމާރާތްތަކާއި، ސާފު ހަކަތައިގެ އުޅަނދުތަކާއި، ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމުގައި ބޭނުންކުރާ ތަކެތި ރަސްމީކޮށް ވަނީ ހަވާލުކުރެވިފައެވެ.

މިއީ ޖަޕާން ސަރުކާރުން 4.4 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން، ޔޫ.އެން.ޑީ.ޕީ. އިން 2022 އިން 2025 އަށް ހިންގަމުންދާ މަޝްރޫޢެކެވެ.

HajjCop_ads
MMA_Ads
Advertisement

މި މަޝްރޫޢުގެ މަޤްޞަދަކީ، އިންސާނުންނާއި ތިމާވެށީގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ސިއްހީ ދާއިރާގެ ކުނި މެނޭޖްކުރުން ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ.

ޔޫ.އެން.ޑީ.ޕީ، އަދި ޖަޕާން ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސާފު، ރައްކާތެރި، އަދި ދެމެހެއްޓެނިވި ސިއްޙީ ނިޒާމެއް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި:

– ކ.ދިއްފުށި ސިއްޙީ މަރުކަޒުގައި ގާއިމް ކުރެވުނު މި ފެސިލިޓީއާ އެކު، މުޅި ރާއްޖޭގައި ސިއްޙީ ކުނި މެނޭޖްކުރާ 21 ތަން ހަދާފައިވޭ.

– ތުރާކުނު އަދި ތަކަންދޫ ސިއްޙީ މަރުކަޒަށް އޮޓޯކްލޭވް ފޯރިކޮށްދެވިފައިވޭ.

– ކުނި އުފުލުމުގައި ރައްކާތެރި، ސާފު-އެނާޖީ ބޭނުންކުރާނެ 65 އިލެކްޓްރިކް ޓްރައިސައިކަލް (ތިން ފުރޮޅުލީ ސައިކަލް) ހަވާލުކޮށްފައިވޭ.

– ޑަބްލިޔު.އެޗް.އޯ އާ ގުޅިގެން 656 ސިއްޙީ މަސައްކަތްތެރިންނަށް ރައްކާތެރިގޮތުގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖް ކުރާނެގޮތުގެ ތަމްރީނު ދެވިފައިވޭ (ބައިވެރިންގެ ތެރެއިން 90 އިންސައްތަ އަކީ އަންހެނުން).

– ކުނި މެނޭޖްކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށް 270 ކޮމްޕިއުޓަރ ސިސްޓަމާއި 40 ނެޓްވޯކް ސްވިޗް ހިމެނޭހެން ޑިޖިޓަލް އަޕްގްރޭޑްތައް ފޯރުކޮށްދެވިފައިވޭ.

– ދެމެހެއްޓެނެވި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވުމުގެ ގޮތުން އީ.ސީ.ޖީ މެޝިން އާއި އޮޓޯކްލޭވް މެޝިން ހިމެނޭހެން ސިއްޙީ ޚިދުމަތުގެ ސާމާނު ހޯދިފައިވޭ.

މިނިސްޓްރީ އޮފް ހެލްތު، ޔޫ.އެން.ޑީ.ޕީ، އަދި ޖަޕާން ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސާފު، ރައްކާތެރި، އަދި ދެމެހެއްޓެނިވި ސިއްޙީ ނިޒާމެއް ފޯރުކޮށްދިނުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރަމުންނެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޭސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

43

ހަކުރުބައްޔަށް ބޭނުންކުރާ އިންސިއުލިން ލިބެން އެބަހުރި ކަމަށް ހެލްތު މިނިސްޓްރީއާއި އެސްޓީއޯއިން ކަށަވަރުކޮށްދީފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ޚާއްޞަ ކެމްޕޭނެއް އިފްތިތާހުކޮށްފި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި