ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނުން ދިވެހި ފުލުހުންނަށް ކަނޑު އުޅަނދުތަކެއް ހަދިޔާކޮށްފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކޮށް، ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މަގުސަދުގައި، ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ކަނޑު އުޅަނދުތަކެއް ހަދިޔާކޮށްފިއެވެ. މި އުޅަނދުތައް ފުލުހުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތެއް އިއްޔެ ވަނީ ބާއްވާފައެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، ޖަޕާން ސަރުކާރުން ފަސް ލޯންޗާއި ތިން ރިޖިޑް ހަލްޑް އިންފްލޭޓަބަލް ބޯޓު (އާރުއެޗްއައިބީ) ފުލުހުންނާ ހަވާލުކޮށްފައެވެ. މި ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރޫމިކޯ އެވެ.

ޖަޕާން އެމްބަސީން ބުނީ، އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމުގެ ދަށުން ދިން އެ ހިލޭ އެހީގެ މަގުސަދަކީ، ރާއްޖޭގައި މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ކަމަށެވެ. މިއީ ހާއްސަކޮށް، ދިވެވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ދެވޭ އެހީއެކެވެ.

HajjCop_ads
Advertisement

ފުލުހުންނަށް ހަދިޔާކުރި މި އުޅަނދުތަކަކީ 2022 ވަނަ އަހަރުގެ މެއި މަހު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއްގެ ބައެކެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އިތުރަށް ކުރިއެރުވުމަށް 650 މިލިއަން ޖަޕާނީސް ޔެން (ގާތްގަނޑަކަށް 5.1 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 78.6 މިލިއަން ދިވެހި ރުފިޔާ) ހިލޭ އެހީ ފޯރުކޮށް ދޭން އޮތީ ނިންމައިފަ އެވެ.

ޖަޕާން އެމްބަސީން އިތުރަށް ބުނީ، ހަދިޔާކުރާ އުޅަނދުތަކުގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނޑުގެ އެކްސިޑެންޓުތަކަށާއި އެހެނިހެން ސަލާމަތީ ކަންކަމަށް އަވަހަށް އަދި ފަސޭހައިން އެޓެންޑުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ އުޅަނދުތަކުގެ ސަބަބުން، ފުލުހުންގެ ހިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހުން ދުވަހަށް ކުރާ ފުލުހުންގެ މަސައްކަތްތައް ހަރުދަނާވެ، ހެޔޮގޮތުގައި ކުރިއަށްގެންދެވޭނެ ކަމަށް ޖަޕާނު ސަރުކާރުން ދެކެ އެވެ.

ޖަޕާނުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ދިވެހި ފުލުހުންނަށް އެކި ވަސީލަތްތައް އެހީގެ ގޮތުގައި ފޯރުކޮށް ދީފައިވެ އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

moosun

މިއަދުވެސް މޫސުން ގޯސް، ބައެއް އަތޮޅުތަކަށް ރީނދޫ އެލާޓް

ޤަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި

 ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުން މުހިއްމު: ޗައިނާ ސަފީރު

ބްރިޖަށް އުރުނު ދެ ބޯޓް އަޑިއަށް ހިނގައްޖެ