ކުއްލި ޚަބަރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ޣަފޫރު އިންތިޚާބުކޮށްފި

ބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ސެގްމެންޓް ނިންމައި ހުޅުވައިފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަލިފުށީގައި ހާއްސަ މަސައްކަތްތަކެއް

ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި މިނިސްޓަރ ޚަލީލް ބައިވެރިވެވަޑައިގެންފި

ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގެ ހަވާސާގެ ތެރެއިން ބޭއްވި “ކޮމަން އެންޑެވަރސް ފޯރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ” ވަށްމޭޒު ޖަލްސާގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގެން މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންްތައް ފާހަަގަކުރައްވާފައިވެއެވެ. އަދި، ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ގެ ދަށުން މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އުއްމީދީ އަމާޒުތަަކާއި ލަނޑުދަނޑިތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުުޅުގައި އަލިއަޅުވާލާފައިވެއެވެ.

މިގޮތުން ވައިގެ ތެރެއަށް ގްރީންހައުސް ގޭސް ދޫކުރާ މިންވަރު 1.52 މިލިއަން ޓަނަށް 2035 ގެ ކުރިން ދަށްކުރުމަށާއި، 2028 ކުރިން ދިވެހިރާއްޖޭގައި ޖެނަރޭޓް ކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށާއި “ނޭޝަނަލް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ޕްލޭނިންގ” ގެ ތެރޭގައި ކްލައިމެޓް ރެސިލިއަންސް ހިމެނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޙާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ ގޮތުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބެމުން އަންނަ އެހީތެރިކަމަކީ މުޅި ދުނިޔެ އަށް ލިބޭ އެހީއެެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ޔޫރަޕިއިން ޔޫނިއަން އިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވެދެއްވާ ޔޫރަޕިއަން ގްރީން ޑީލް “ފިޓް ފޮރ 55 ޕެކޭޖް” ފަދަ އިސްނެގުންތަކަކީ މުޅި ދުނިޔެ އަށް މިކަމުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްލިބިގެންދާ ހިތްވަރެއް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

މިސްރުގެ ޚާރިޖީ ވަޒީރާ ޑރ. ޚަލީލް ބައްދަލުކުރައްވައިފި

dr abdulla khaleel

ނޫސްވެރިން ރައީސަށް ކުރީ ފުރައްސާރަ: ހަލީލް

TTH_advertisement