ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޫސްވެރިން ރައީސަށް ކުރީ ފުރައްސާރަ: ހަލީލް

dr abdulla khaleel
STO_Ads
TTH_Ads
Advertisement

ނޫސްވެރިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރައްސާރަކުރި ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މެންބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ މިނިވަން ނޫސްވެރިކަން ނައްތާލެވޭ ގޮތަށް އޮތް މީޑިއާ ކޮމިޝަން ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ރައީސް އޮފީހުން މުލިޔާގެއަށް ވަޑައިގަންނަވަނިކޮށް ނޫސްވެރިން ވަނީ އެ މަނިކުފާނުގެ ފަހަތްޕުޅުން ގޮސް އެތައް ކަންބޮޑުވުމެއް ހިއްސާކޮށްފައެވެ.

https://twiter.com/abkhaleel/status/1961056793666433391

HajjCop_ads
Advertisement

އެކަމާ ގުޅޭ ވީޑިއޯއެއް އާއްމުކުރައްވައި މިނިސްޓަރު ހަލީލް އެކްސްގައި ވަނީ ހައްގުތައް ހޯދުމަށް ނުކުތް ބައެއް ނޫސްވެރިން ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް އެގޮތަށް ފުރައްސާރަކުރުން ހަމަ އެންމެ ރަނގަޅުތޯ ސުވާލު އުފައްދަވައިފައެވެ.

“މިއީ ހައްގުތަކަށް ވަކާލާތުކުރާ ބައެއްގެ އުޅުން ހުންނަންވީ ގޮތްތޯ؟ ދައުލަތުގެ މުޅި ނިޒާމް ރެގިއުލޭޓް ކުރަންޖެހޭ ކަމަށް ވަކާލާތު ކުރާ އިރު، ނޫސްވެރި ކަމުގެ ޓެގް އަޅުވައިގެން ބައެއް ފަރާތްތަކުން އެކިއެކި މީސްމީހުންނާ އާއިލާތަކުގެ އަބުރު ކަތިލައި، ނަފްސާނީ އަނިޔާ ކުދި ދަރިންނަށް ދޭއިރު އެއީ ހައްދެއް ހުދޫދެއް ނެތް ކަމެއްގެ ގޮތުގައި ހަމަ ބާއްވާނީތޯ؟” ހަލީލް ސުވާލު އުފެއްދެވިއެވެ.

މިނިސްޓަރު ހަލީލް ވަނީ ނޫސްވެރިންނަށް ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެތޯއާމެދުވެސް ސުވާލު އުފައްދަވައިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr khaleel

ސަފީރު މަަސްއޫދު ދެއްކެވި ވާހަކައާ ގުޅިގެން ހަލީލު މަޖިލީހަށް ހާޒިރުކުރަނީ

ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި މިނިސްޓަރ ޚަލީލް ބައިވެރިވެވަޑައިގެންފި

Mal

މިސްރުގެ ޚާރިޖީ ވަޒީރާ ޑރ. ޚަލީލް ބައްދަލުކުރައްވައިފި