ކުއްލި ޚަބަރު

ރައީސް މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ

ފުލުހުންނަށް އާންމުން ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނަން: ފުލުހުން

ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫންތަކެއް ވަގަށް ނަގައިފި

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމާ ރައީސް ބައްދަލުކުރައްވައިފި

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނު ޓީމުގެ ކޭމްޕުގައި ރާއްޖޭގައި ކުރެވުނު ތަޖުރިބާ އޮޅުއްފިލުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤު ބައިވެރިވެވަޑައިގެންނެވިއެވެ.

ފަލަސްޠީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ފަހިކޮށްދެއްވިކަމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން އެޓީމަށް ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުޞަތު ދެއްވާ ޓްރޭނިންތައް ހެދުމުގެ ފުރުސަތުތައް ފަހިކޮށްދީ ރާއްޖެއިން ކީ ހޫނު މަރުހަބާއަކީ ހަނދާނުން ފޮހެވޭނެ ކަމެއް ނޫން ކަމަށް ފަލަސްޠީނު ޓީމުން ބުންޏެވެ. ޓީމުގެ މެނޭޖަރު މުހަންމަދު ޖުމާ ސުލައިމާން ބުނީ އަމިއްލަ ޤައުމުގެ ދިދަތައް ވިހުރާލާ މަންޒަރު އެއަރޕޯޓާއި ހަމައިން ފެނިގެން ދިއުމަކީ ބުނެދޭން ނޭންގޭ ކަހަލަ އިހުސާސްތަކެއް ކަމަށެވެ.

ފަލަސްތީނު ޓީމަށް އެއްކޮށް އެޤައުމުގައި ފަރިތަކުރުންތައް ބޭއްވޭނެ މާހައުލެއް ނެތްއިރު އެކި ޤައުމުތަކުގައި ދިރިއުޅޭ ކުދިން ގޮވައިގެން ރާއްޖެ އައިސް ކޭމްޕް ކުރެވުމަކީ ޓީމަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަ ޖެހުމެއް ކަމަށް ޖުމާ ސުލައިމާން ފާހަގަކުރިއެވެ.

ދިވެހިން ފަލަސްޠީނާމެދު ބަހައްޓާ ގާތްކަމާއި ދިން މެހެންމާދާރީގެ ސަބަބުން އަދިވެސް ފުރުސަތެއް ލިބިއްޖެ ރާއްޖެ އަންނަން ބޭނުންވާ ކަމަށް ޓީމުގެ މެނޭޖަރު ބުންޏެވެ.

ފަލަސްތީނު ޓީމުގެ ބައެއް ކުޅުންތެރިން ބުނީ ރާއްޖޭގައި ޓްރޭނިންގ ބޭއްވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި ހުރިހާކަމެއްގެ އިންތިޒާމުތައް ހަމަޖައްސާދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

ފަލަސްޠީނު ޓީމު ރާއްޖޭގައި ހޭދަކުރި މުއްދަތުގައި 17 އަހަރުގެ ދަށުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅެފައިވެއެވެ. މި ދެމެޗަށް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ސްވެނިއަރ ޓިކެޓްތަކެއް ވިއްކާފައެވެ.

ފަލަސްތީނު ޓީމުން 10 ދުވަހުގެ ކޭމްޕެއް ނިންމުމަށްފަހު ދެން ދާނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން އަރާކުރި ހޯދައިފި

raees muiz

އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

Male velana airport new terminal2

އެއަރޕޯޓުގެ އައު ޓާމިނަލުގައި ޒަމާނީ އީގޭޓްތައް ބޭނުންކުރަން ފެށޭނެ: ރައީސް

raeees muiz

މިއީ ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި އަހަރު ނިންމާލެވޭ ފުރަތަމަ ފަހަރު

TTH_advertisement