ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ ޔުނިވަސިޓީގެ 38 ކެމްޕަސްގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް

TTH_Ads
STO_Ads

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ދެ ޔުނިވަސިޓީ ކަމުގައިވާ ގައުމީ ޔުނިވަސިޓީއާއި އިސްލާމީ ޔުނިވަސިޓީގެ ކެމްޕަސްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިމް ޖުމްލަ 38 ކެމްޕަސް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަތީ ތައުލީމުގެ ހިދުމަތް ފުޅާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށާއި، ކުރިން ޔުނިވަސިޓީތަކުގެ ކެމްޕަސްތައް ގާއިމުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ.

އެގޮތުން 17 ނޮވެންބަރު 2023 ވަނަ އަހަރުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ހުރީ ހަތަރު ކެމްޕަސްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު ވެރިކަމަށް ދެ އަހަރު ފުރޭއިރު ގައުމީ ޔުނިވަސިޓީގެ 26 ކެމްޕަސް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

HajjCop_ads

އޭގެ އިތުރަށް ކުރިން އައިޔޫއެމްގެ ކެމްޕަހެއް ކުރިން ހުރީ މާލޭގައި އެކަނި ކަމުގައި ފާހަަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އައިޔޫއެމްގެ 12 ކެމްޕަސް ގާއިމުކުރުމުގެ މަސައްކަތް މިހާރު ހަވާލުކުރެވިފައިވާ ކަމަށެވެ.

“އެހެންވީމާ އަޅުގަނޑުމެން މިބަލަނީ ވީހާވެސް ފުޅާ ދާއިރާއެއްގައި ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މިގައުމުގައި ތިބެގެން އަޅުގަނޑުމެންގެ ދިވެހި ލޮބުވެތި ކިޔަވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދައިދޭން. ކުރީގައި އޮންނަނީ ހުސް މާލެއަށް އަންނަންޖެހޭ ގޮތަށް. މާލެއަށް ނުވަތަ ވެރިކަންކުރަ ސިޓީއަށް ބަރޯސާވުން މިއީ އަޅުގަނޑު ގަބޫލުކުރާ ސިޔާސަަތެއް ނޫން،” ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރަށް ބައެއް ރަށްރަަށުގައި ލޭންގުއޭޖު ސްކޫލުތައް އެޅުމަށްވެސް އެއްބަަސްވުން ގާއިމުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުން އުފައްދާ ކުދިންނަކީ ރާއްޖޭގެ އެކި ސިނާއަތްތަކަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ދަރިވަރުންނަށްވާނެ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ލޭންގުއޭޖު ސްކޫލުތަކުން ނިކުންނަ ކުދިންވާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި އަގުހުރި ހިދުމަތްކުރާނެ ކުދިންނަަށް ކަމަށާއި، އަލަށް މިސަރުކާރުން އުފެއްދި މަސްވެރިކަމުގެ ކޮލެޖުން ދަސްވެނިވާ ދަރިވަރުން އެ ސިނާއަތަށް ނުކުމެ މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ހޯދައިދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް