ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

90 ދުވަހަށްވުރެ ގިނަދުވަސްވީ ހުރިހާ ފައިސާއެއް ދައްކައިފިން: ޒަމީރު

TTH_Ads
STO_Ads

ދައުލަތުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 90 ދުވަހަށްވުރެ ގިނަދުވަސްވީ ހުރިހާ ފައިސާއެއް އިއްޔެގެ ނިޔަލަށް ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އަންނަ 2026 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބަޖެޓުގައި ހިމެނޭ އެކި ކަންކަމާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުން އެކި ބިލުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ބަޖެޓް ކޮމިޓީގައި އިއްޔެ ވަނީ ފާހަގަކުރައްވައިފައެވެ.

HajjCop_ads

އެ ފައިސާއަކީ އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާކަން ފާހަގަކޮށް، ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކާ އެއްގޮތަށް މިހާރު ދަރަނި ދައްކަމުންދާ ކަމަށެވެ.

“ރައީސްގެ ވައުދަކާ އެއްގޮތަށް މިހާރު މިދަނީ ފައިސާ ދައްކަމުން، އަޅުގަނޑު ހަނދާންވަނީ މިއަދު އެންމެފަހުން ޓްރެޒަރީ ޑިޕާޓްމަންޓުން ފޮލޯއަޕް ބްރީފް ގެނައިއިރުގައި މިހާރު ޕޯސްޓް ކުރެވިފަހުރި ފައިސާގެ ތެރެއިން 90 ދުވަހަށްވުރެ އިތުރުވެފައި ހުރި ހުރިހާ ފައިސާއެއް ހުރީ، އަޅުގަނޑު ހަނދާން ވަނީ އިއްޔެގެ ނިޔަލަށް ދައްކައިފަ،”

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިއަދު ވެސް އެކި ފަރާތްތަކަށް 200 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ވަރަށް ގިނަ ލުއިތައް އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމުގެ ސަަބަބުން އެއްވެސް ފަރާތަކާ ދޭތެރޭ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފިޔަވަޅު އަޅާނަމަ، އެ ފަރާތަށް ފިޔަވަޅު ނާޅަން ސަރުކާރުން މީރާގައި ބުނާ ކަމަށެވެ. އަދި ކޭޝްފްލޯގެ ދަތިކަން ކުރުމުގެ ސަބަބުން ސަރުކާރުން ފައިސާ ނުދެއްކި އޮތީކަމަށް އަންގާ ކަަމަށްވެސް ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Zamer

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަހައްދުގެ ދެ ފަޅެއް ބަލަނީ

DSC

ކުންފުނިތަކުގެ މުވައްޒަފުން ކުއްލިއަކަށް ކަނޑައެއް ނުލާނެ، މަދުކުރާނީ ގާނޫނީ އިމުގެ ތެރެއިން: ޒަމީރު

DSC

މިހާތަނަށް %93 މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަން މަސައްކަތް ނިމިއްޖެ: ޒަމީރު

zameer

“ސުކޫކުގެ ލިޔުންތައް ރޭޓިން އޭޖެންސީތަކާ ހިއްސާކޮށްފި، މެދުރާސްތާގައި ފައިދާ ފެންނާނެ”